ހުޅުމާލޭ ވޯޓަރ ތީމް ޕާކުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފެށުމަކީ ފެށުމެއް ނަމަވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ވޯޓަރ ތީމް ޕާކުގެ މަސައްކަތް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވިދާޅުވީ 2017 ވަނަ އަހަރު ފެށުމަށްފަހު 9 އަހަރު ވަންދެން ހުއްޓިފައި އޮތް މި މަޝްރޫއަކީ ވާހަކަތަކަށްވުރެ އަމަލު ބާރުގަދަކަން ސާބިތުކޮށްދޭ ކަމެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއެކު "ނުވާނެ" ކަމަށް ބުނެ ލައްޕާލާފައި އޮތް ފޮތް މިއަދު ހުޅުވާލެވިއްޖެ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ޕްލޭނެއް ނެތި ބައެއް މަޝްރޫއުތައް ފެށުމަށްފަހު ޚަރަދުކޮށްފައި ހުއްޓާލާފައި ހުރި ނަމަވެސް، މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ހުއްޓިފައި ހުރި މަޝްރޫއުތައް އަވަހަށް ނިންމައި އޭގެ ޚިދުމަތް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.
އެގޮތުން މިހާރު އެޗްޑީސީގެ އެއްވެސް މަޝްރޫއެއް ހުއްޓިފައި ނޯންނާނެ ކަމަށާއި، 20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލް ނިންމައި ޚިދުމަތް ދޭން ފަށާފައިވާއިރު، 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫއާއި ދި ގާޑަން މަޝްރޫއު ވެސް ނިންމައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި 2018 އިން ފެށިގެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިންގ ނިޒާމުތައް ވެސް ވަރަށް އަވަހަށް ޢާންމުންނަށް ހުޅުވާލެވޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
41,500 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްގީކުރާ މި ވޯޓަރ ތީމް ޕާކާއި ހޮޓެލް ނިމޭއިރު، ހުޅުމާލޭގެ މޫނުމަތި ބަދަލުވެ އިގުތިސާދަށާއި ވިޔަފާރިތަކަށް އާ ދިރުމެއް ލިބޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. އެ މަޝްރޫއުގެ އަމާޒަކީ 500 އާ ވަޒީފާ އުފެއްދުން ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހީންނަށް އަދި 45 އިންސައްތަ ވަޒީފާ އަންހެނުންނަށް ޚާއްސަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އުމްރާނީ ތަރައްގީއެކޭ އެއްވަރަށް އިންސާނީ ތަރައްގީއަށް ވެސް އިސްކަންދެއްވާ ކަމަށާއި، އަހަރެއްގެ މައްޗަށް 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމުރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމަކީ ވެސް އަމާޒެއް ކަމަށް ޒުހައިރު ވިދާޅުވިއެވެ.
މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން، އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެއަކީ ރައްޔިތުންނަށް ދިރިއުޅެން ހިތްފަސޭހަ އަދި އުފާވެރި މާހައުލަކަށް ހެދުމަށެވެ. އެގޮތުން، އާއިލާތަކާއި ކުޑަކުދިން ހިތްހަމަޖައްސާލުމަށް ޕާކުތަކާއި ފެހި މައިޒާންތައް އިތުރުކުރުމާއި، ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ފުޅާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މެދުކެނޑުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު