ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސް ހިންގާ އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަވަސް ފިޔަވަޅުތަކެއް އަޅައި އެއްކޮށް ނިއްވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރުއެވެ.
މި ރިޕޯޓް ލިބުމާ ގުޅިގެން، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ސިފައިން ކުރި އަވަސް އަދި ހަލުވި މަސައްކަތުން، އެ އިމާރާތުގައި ރޯވި އަލިފާންގަނޑު މާ ބޮޑަށް ފެތުރިގެން ނުދަނީސް، ހެނދުނު 06:21 ހާއިރު ވަނީ އެއްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާގައި އަލިފާން ރޯވި އޮފީސް އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ނަމަވެސް، ހާދިސާ ހިނގި ވަގުތަކީ ހެނދުނުގެ ވަގުތެއް ކަމަށްވުމާއެކު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އިތުރަށް ބަލައި ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު