އުނިޔާގޭގައި ރޯވި އަލިފާނުގައި ގެއަށް ގެއްލުން ލިބިފައި--
އުނިޔާގޭގައި ރޯވި އަލިފާނުގައި ގެއަށް ގެއްލުން ލިބިފައި--
މިއަދު މެންދުރު ހ. އުނިހިޔާގޭގައި ރޯވި ހާދިސާގައި އެ ގޭގެ ހަތަރު ފަންގި ފިލާއަކަށް އަސަރުކުރިކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ބުނެފިއެވެ.

މިއަދު މެންދުރު ފަހު 15:12 ހާއިރު އުނިހިޔާގޭގައި ރޯވި އެ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެބުނީ 16:19ކަންހާއިރުއެވެ.

އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ހާދިސާގައި އިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ،. އަދި އެތަނުގައި ދިރިއުޅޭ 23 ފަރާތަކަށް (20 ބޮޑެތި މީހުންނާއި 3 ކުޑަކުދިން) 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން، އެންމެ ބޮޑަށް ގެއްލުންވި 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 ފަރާތަކަށް އަންނައުނުގެ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފައިވާކަމަށް ބުންޏެވެ،.

އެމްއެންޑީއެފްއިން ބުނީ ރޯވީ ކަރަންޓްޝޯޓެއް ވެގެންކަން ބެލެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް