ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމަށްވާ އައްޑޫ ބްރިޖުގެ އެއްވެސް ވާހަކައެއް ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބަޖެޓަށް ބަހުސްކުރައްވަމުން ސޯބެ ވިދާޅުވީ، އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޖުމްލަ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް އަރާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.2 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 2027 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާއިން ވަކިވަކި ރަށްތަކުގެ މަޝްރޫއުތަކަށް ކަނޑައެޅި އަދަދުތައް ސަރުކާރުން ސިއްރުކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ސޯބެ ވިދާޅުވީ، ބަޖެޓުގައި އައްޑޫ ބްރިޖުގެ ވާހަކަ ނެތުމުގެ އިތުރުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ބޭނުންވާ މުހިންމު އާލާތްތަކާއި ޓްރާންސްފޯމަރަށް ވެސް ފައިސާ ހަމަޖައްސާފައި ނުވާ ކަމަށެވެ. ހަމައެއާއެކު، އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ހިތަދޫގައި އެޅުމަށް ނިންމާފައިވާ 200 ފްލެޓާއި، ފުލުހުންގެ މަރުކަޒާއި، އިސްލާމީ މަރުކަޒުގެ އިތުރުން ހުޅުދޫ މިފްކޯ ބަނދަރުގެ މަސައްކަތް ވެސް މިހާރު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯބެ ވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ޑަޔަލިސިސް ހަދާ ބަލިމީހުންނަށް ބޭނުންވާ ބޭހާއި އިންޖެކްޝަން ނުލިބޭ މައްސަލަ ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަތޮޅުތަކުގެ ޓާޝިއަރީ ހޮސްޕިޓަލްތަކުގެ ކެޕިޓަލް ޚަރަދު 2.4 ބިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާތީ އެކަމަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ ހިނގަމުންދާ އަހަރާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެކެވެ. މިއަހަރުގެ ބަޖެޓު ޑެފިސިޓަކީ 7.5 ބިލިއަން ރުފިޔާ ކަމުގައި ވިޔަސް، އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު