2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ރިޕޯޓަށް މަޖިލީހުގެ މެންބަރުން 23 އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ކޮމިޓީން، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި އެ ރިޕޯޓަށް ބަހުސްކުރުމަށް މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ މެންބަރަކަށް ވެސް ވާހަކަދެއްކެވުމަށް ލިބިވަޑައިގަންނަވަނީ ހަތް މިނެޓުގެ ވަގުތެކެވެ.
މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓަށް މެންބަރުންގެ ފަރާތުން 23 އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްލާހުތަކުގެ ތަފްސީލް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. އަބްދުއްރަހީމް ވިދާޅުވީ، މުޅި ބަޖެޓު ފާސްކުރުމަށް ވޯޓަށް އެހުމުގެ ކުރިން، މެންބަރުން ހުށަހެޅުއްވި އިސްލާހުތައް ފާސްކުރުމާމެދު ވަކިވަކިން ވޯޓަށް އަހާނެ ކަމަށެވެ.
ބަޖެޓް ހުށައެޅި ޖަލްސާގައި މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ފަރުމާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށްޓަކައި މިހާރު ފަށާފައިވާ މަސައްކަތްތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިންމައިލެވޭނެ ގޮތަށް އަމާޒު ހިފައިގެން ކަމަށެވެ.
މި އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 64.2 ބިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރަށް ލަފާކޮށްފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެކެވެ.
ބަޖެޓުގެ ތަފުސީލުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް ޖުމްލަ 43.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 33.6 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރާ 9.1 ބިލިއަން ރުފިޔާ އާއި، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 349.3 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރު ދައުލަތުން ހިނގާނެ ކަމަށް ލަފާކުރާ ޖުމްލަ ހަރަދަކީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އަންނާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދަށެވެ. މި އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 9.8 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
މީގެއިތުރުން ރިކަރަންޓް ހަރަދަށް މި އަހަރު 42.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އެ އަދަދު ހުންނާނީ 42.7 ބިލިއަން ރުފިޔާގައެވެ. އަދި އެހެނިހެން ހޭދައިގެ ގޮތުގައި މި އަހަރު 14.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ ބައި 7.1 ބިލިއަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 7.5 ބިލިއަން ރުފިޔާ ކަމަށްވާއިރު، އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު