އަންނަ އަހަރަށް ދައުލަތުން ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ދިރާސާކުރި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަޖެޓު ކޮމިޓީގެ ބައްދަލުވުން ފެށުމާއެކު، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، އޮތް ގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު މި ހުށަހެޅުމަށް ތާއީދުކުރެއްވިއިރު، މި އިސްލާހު ކޮމިޓީން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ
އަދަދެކެވެ. ބަޖެޓުގެ ޖުމްލަ އަދަދު ކުޑަވި ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުތައް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ސިއްހީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދީގެން އެކުލަވާލާފައިވާ ބަޖެޓެކެވެ. އެގޮތުން ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި 10 ބިލިއަން ރުފިޔާ ވަނީ އެ ދާއިރާއަށް ޚާއްސަކޮށްފައެވެ.
މަޖިލީހަށް ބަޖެޓު ބަޔާން އިއްވަވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ބަޖެޓު ދިރާސާކުރި ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހަޅައި، މުޅި މަޖިލީހުގެ ވޯޓަކުން ބަޖެޓު ފާސްކުރުމުގެ މަރުހަލާއެވެ.

ކިޔުންތެރިންގެ ހިޔާލު