ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)
ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ޢަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައި، ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްލައްކަ މެންބަރުން ހަމަކުރި ފުރަތަމަ ސިޔާސީ ޕާޓީގެ ޝަރަފު އެ ޕާޓީން ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުން ދައްކާ ގޮތުގައި، މިރޭ 10:37 އާ ހަމައަށް ޕީއެންސީގެ ދަފްތަރުގައި ޖުމްލަ 100,083 މެންބަރުން ވަނީ ރަޖިސްޓަރީކުރެވިފައެވެ.

ރާއްޖޭގައި މިވަގުތު ޙަރަކާތްތެރިވާ ހަތް ސިޔާސީ ޕާޓީގައި ޖުމްލަ 178,205 މެންބަރުން ތިބިއިރު، 31 ޖަނަވަރީ 2019 ގައި އުފެދުނު ޕީއެންސީގެ މެންބަރުންގެ ޢަދަދު މިހާރު ވަނީ މި ޖުމްލަ ޢަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުވެފައެވެ.

މި ލިސްޓުގެ ދެވަނައިގައި، 53,747 މެންބަރުންނާއެކު އިދިކޮޅު މައި ޕާޓީ ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތްއިރު، ދެން ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގައި ތިބީ 7,751 މެންބަރުންނެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 5,749 މެންބަރުން، އަދާލަތު ޕާޓީގައި 5,530 މެންބަރުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 2,809 މެންބަރުން އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި ރަޖިސްޓަރީވެފައިވަނީ 2,536 މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް