އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބިންހެލުމަކާ ގުޅިގެން ރާއްޖެއަށް ސުނާމީގެ ނުރައްކާ އޮތް ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އެއްވެސް އަސްލެއް ނެތް ފޭކް މެސެޖެއް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި އެންޑީއެމްއޭގެ ނަމުގައި ފަތުރަމުންދާ ލިޔުމެއްގައި ވަނީ، ސުނާމީއެއް އުފެދި ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށާއި ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުވުމަށެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ، އެ އޮތޯރިޓީގެ ނަމުގައި ދައުރުކުރަމުންދަނީ ސައްހަ ލިޔުމެއް ނޫން ކަމަށާއި ރާއްޖެއަށް ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ކާރިސާތަކާ ގުޅޭ ރަސްމީ އެންމެހައި އިރުޝާދުތައް ހިއްސާކުރާނީ އެ އިދާރާގެ ރަސްމީ މަންސަތަކުން ކަމަށް ވާތީ، ޚަބަރުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެންޑީއެމްއޭއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މީގެއިތުރުން، މިފަދަ ނާޒުކު އަދި ހައްސާސް ދަނޑިވަޅުތަކުގައި ދޮގު މައުލޫމާތު ފަތުރައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން ނުއުފެއްދުމަށާއި، ކަންކަމުގައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މި އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ މި މެސެޖަކީ ހަޤީގީ މެސެޖެއް ނޫންކަމުގައި ދަންނަވަމެވެ. މި އޮތޯރިޓީއިން ޢާއްމުންނާ ޙިއްސާކުރާ މަޢުލޫމާތާއި އިރުޝާދު ދެމުންގެންދާނީ މި އޮތޯރިޓީގެ ރަސްމީ މަންސަތަކުންނެވެ. މިކަން ހުރިހާ ފަރާތްތަކުންވެސް ކަށަވަރުކުރުމަށް އެދެމެވެ. އަދި ކާރިސާތައް ފަދަ ހައްސާސް މައުލޫއުތު ހިމެނޭ ކަންކަމުގައި ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އިލްތިމާސްކުރަމެވެ.
— NDMA Maldives (@NDMAmv) November 19, 2026
The message circulating below attributed to NDMA is fake. All communications and advisories issued by NDMA will be through our official channels and urge everyone to confirm this. We also caution against the spreading of misinformation and disinformation on sensitive matters.
މީގެއިތުރުން، މިފަދަ ނާޒުކު އަދި ހައްސާސް ދަނޑިވަޅުތަކުގައި ދޮގު މައުލޫމާތު ފަތުރައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން ނުއުފެއްދުމަށާއި، ކަންކަމުގައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު