ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށާއި، ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް ހިދުމަތުގެ އެންމެ މަތީ ޝަރަފް އަރުވައިފިއެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، މި ދެ ބޭފުޅުންނަށް މި ޝަރަފު އަރުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިގޮތުން، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު ފެތުރުމުގެ ދާއިރާއިން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް ދައުލަތުގެ މަތީ ޝަރަފު އެރުވި އިރު، ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމުގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވުމުގެ އެންމެ މަތީ ޝަރަފު އަރުވާފައިވަނީ އަލްފާޟިލް ޢައްބާސް އިބްރާހީމަށެވެ.
ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، "ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުސޫލް ފިޤްހް" އިން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޖާމިޢަތުލް އަޒްހަރުން ޘާނަވީ އަދި މަތީ ޘާނަވީ ނިންމަވައި، ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލް ކުރެއްވުމަށްފަހު މާސްޓާސް އިން ފިޤްހުލް މުޤާރަން ހާޞިލް ކުރެއްވީވެސް އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ. މީގެ އިތުރުން ޖެނަރަލް ސަރޓިފިކެޓް އޮފް އެޑިއުކޭޝަން ވެސް އަޒުހަރު ޔުނިވަރސިޓީއިން އޭނާ ހާސިލް ކުރެއްވިއެވެ.
ރަޝީދު އިބްރާހިމް ފާހަގަކުރެވިފައި ވަނީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ދީނީ އިލްމުވެރިންގެ ތެރޭގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޢައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
އައްބާސް އިބްރާހިމްއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީހުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޫސްވެރިކަން ކުރިއަރުވައި، ދެމެހެއްޓުމަށް އައްބާސް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަންވެސް 2018 ވަނަ އަހަރު އޭނާއަށް ވަނީ އަރުވައިފައެވެ.
ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަށް އެރުވުން https://t.co/8FhjBGuovm
— The President's Office (@presidencymv) November 19, 2026
ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، "ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުސޫލް ފިޤްހް" އިން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޖާމިޢަތުލް އަޒްހަރުން ޘާނަވީ އަދި މަތީ ޘާނަވީ ނިންމަވައި، ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލް ކުރެއްވުމަށްފަހު މާސްޓާސް އިން ފިޤްހުލް މުޤާރަން ހާޞިލް ކުރެއްވީވެސް އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ. މީގެ އިތުރުން ޖެނަރަލް ސަރޓިފިކެޓް އޮފް އެޑިއުކޭޝަން ވެސް އަޒުހަރު ޔުނިވަރސިޓީއިން އޭނާ ހާސިލް ކުރެއްވިއެވެ.
ރަޝީދު އިބްރާހިމް ފާހަގަކުރެވިފައި ވަނީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ދީނީ އިލްމުވެރިންގެ ތެރޭގައެވެ.
ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުން https://t.co/q61QUKGimi
— The President's Office (@presidencymv) November 19, 2026
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޢައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
އައްބާސް އިބްރާހިމްއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީހުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޫސްވެރިކަން ކުރިއަރުވައި، ދެމެހެއްޓުމަށް އައްބާސް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަންވެސް 2018 ވަނަ އަހަރު އޭނާއަށް ވަނީ އަރުވައިފައެވެ.
ޢައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ.
ކިޔުންތެރިންގެ ހިޔާލު