ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އުސޫލު އެކުލަވާލައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
މި އުސޫލުގެ ދަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މުޅި ބަޖެޓުގެ 0.1 އިންސައްތައެވެ. އެއީ ޖުމްލަ -/35,124,332 (ތިރީސް ފަސް މިލިއަން އެއްލައްކަ ސައުވީސް ހާސް ތިންސަތޭކަ ތިރީސް ދެ) ރުފިޔާއެވެ. ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޝަރުތުހަމަވާ މީޑިއާތަކަށް މާލީ އެހީގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް ޕޭމަންޓުގެ ގޮތުގައެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ މައިގަނޑު މިންގަނޑުތައްވެސް މި އުސޫލުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:
- މީޑިއާ ރަޖިސްޓްރީކޮށް ހިންގާތާ ވީ މުއްދަތު
- އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ ތަޢުލީމާއި ތަޖުރިބާ
- މީޑިއާގެ އިދާރީ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް
- ހުށަހަޅާ ބިޒްނަސް ޕްލޭންގެ ފެންވަރު
- އުފައްދައި ގެނެސްދޭ ކޮންޓެންޓާއި އޭގެ ބާވަތްތައް ހިމެނެއެވެ.
މީގެ އިތުރުން، މީޑިއާތަކުގެ އަޚުލާޤީ އަދި ޤާނޫނީ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ ދަށުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅައި އެކަން އާންމުކޮށްފައިވާނަމަ، އެފަދަ ކޮންމެ ފިޔަވަޅަކަށް އެ މީޑިއާއެއްގެ އެޕްލިކޭޝަނުން 3 މާކްސް އުނިކުރުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފައެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެއް ކުންފުންޏަކުން ނުވަތަ އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގަމުން ދިޔަ ނަމަވެސް، މީޑިއާ ގްރާންޓަށް އެދި ހުށަހެޅޭނީ އެ ފަރާތަކުން ކަނޑައަޅާ އެންމެ މީޑިއާއަކަށެވެ. އަދި ކޮންމެ މީޑިއާއަކަށް ވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. މީގެއިތުރުން، ކޮންމެ މީޑިއާއަކުން ގިނަވެގެން އިޚުތިޔާރުކުރެވޭނީ 2 މީޑިއަމް ކަމަށާއި، ނަމަވެސް އެއްވައްތަރެއްގެ ދެ މީޑިއަމް އިޚުތިޔާރު ނުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ، މާލީ އެހީއަށް އެދި ހުށަހެޅުމުގެ މަރުޙަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ޚާއްޞަ އޮންލައިން ޕޯޓަލްއެއް ތައްޔާރުކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އާ އުސޫލާ އެއްގޮތަށް ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަމިއްލަ މީޑިއާތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު" ގެޒެޓް ކުރުމާއި ގުޅޭ
— Maldives Media and Broadcasting Commission (@MmbcMv) November 19, 2026
ލިންކް: https://t.co/UHaBzAIPz5 https://t.co/NLMp9Q7CID
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެއް ކުންފުންޏަކުން ނުވަތަ އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގަމުން ދިޔަ ނަމަވެސް، މީޑިއާ ގްރާންޓަށް އެދި ހުށަހެޅޭނީ އެ ފަރާތަކުން ކަނޑައަޅާ އެންމެ މީޑިއާއަކަށެވެ. އަދި ކޮންމެ މީޑިއާއަކަށް ވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. މީގެއިތުރުން، ކޮންމެ މީޑިއާއަކުން ގިނަވެގެން އިޚުތިޔާރުކުރެވޭނީ 2 މީޑިއަމް ކަމަށާއި، ނަމަވެސް އެއްވައްތަރެއްގެ ދެ މީޑިއަމް އިޚުތިޔާރު ނުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ، މާލީ އެހީއަށް އެދި ހުށަހެޅުމުގެ މަރުޙަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ޚާއްޞަ އޮންލައިން ޕޯޓަލްއެއް ތައްޔާރުކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އާ އުސޫލާ އެއްގޮތަށް ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަމިއްލަ މީޑިއާތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު