އަމާން އުދަރެސް 2 ވަނަ ޓަވަރުގެ ބައެއް އެޕާޓްމަންޓްތަކުން އިއްޔެ ކަރަންޓު ކެނޑެން މެދުވެރިވީ އެ އިމާރާތުގެ އާތިންގ ނަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ އީ.އެލް.ސީ.ބީ ތަކަށް ގެއްލުންވެގެން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ބުނީ، އިއްޔެގެ ވަގުތެއްގައި ދިމާވި މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ތަހުގީގުކޮށް، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ގެއްލުންވި ހުރިހާ އީ.އެލް.ސީ.ބީ ތަކެއް ރޭގެ ވަގުތެއްގައި ބަދަލުކޮށް، ކަރަންޓު ކެނޑުނު ޔުނިޓުތަކަށް މިހާރު ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ދީ އާންމު ހާލަތަށް ގެނެވިފައެވެ.
އެ ކޯޕަރޭޝަނުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މިހާރު ކުރިއަށްދަނީ މައްސަލަ ޖެހިފައިވާ އާތިންގ ނިޒާމު މަރާމާތުކޮށް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތަށް ބުރޫއެރުމުގެ ފުރުސަތު އޮތުމާއެކު، އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުން އެކަމަށް ސަމާލުވެތިބުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އީ.އެލް.ސީ.ބީތައް ބަދަލުކުރެވިފައި ވީނަމަވެސް، އިތުރު އެއްވެސް މައްސަލައެއް ފާހަގަކުރެވިގެން ރިޕޯޓްކުރާ ޔުނިޓުތަކަށް މެދުނުކެނޑި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެފްޑީސީން ބުންޏެވެ. އަދި އެއްވެސް ޔުނިޓަކުން ކަރަންޓާ ގުޅުންހުރި އިތުރު މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެ ކޯޕަރޭޝަނަށް އެންގުމަށް ވަނީ އެދިފައެވެ.
މި ހާދިސާގެ ސަބަބުން ޓަވަރުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި އެފްޑީސީން ވަނީ މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު