މުޙައްމަދު އަޢުޡަމް   5 ނޮވެމްބަރު 2026 - 0:45
އައްޑޫ ސިޓީގެ ކަރަންޓު ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
އައްޑޫ ސިޓީގެ ކަރަންޓު ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
1.6 މެގަވޯޓުގެ ދެ ޖަނެރޭޓަރު ސެޓު އައްޑޫއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ އައްޑޫގެ ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވުމަށް އެ ސިޓީގެ ކަރަންޓުގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ފޮނުވި ދެ ޖެނެރޭޓަރު ސެޓު ކަމަށެވެ.

އަދި ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު، އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް ސްޓޭލްކޯއިން ބުންޏެވެ.

ކުރިން އައްޑޫގައި ކަރަންޓުގެ ހިދުމަތްދެމުން ދިޔައީ ފެނަކައިންއެވެ. ނަމަވެސް ފެނަކަ އުވާލަން ސަރުކާރުން ނިންމާފައިވަނިކޮށް މިދިޔަ މަހު ކުރީކޮޅު ސްޓެލްކޯއިން ވަނީ އައްޑޫގެ ކަރަންޓާ ހަވާލުވެފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒުވަރު ވިދާޅުވީ، ސްޓެލްކޯއިން އައްޑޫގެ ކަރަންޓުގެ ހިދުމަތާ ހަވާލުވުމަކީ އައްޑޫގެ ރައްޔިތުންނަށް ލިބިގެންދިޔަ އައު އުއްމީދެއް ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުން އިތުބާރުކުރާ ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުންފުނިން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް