މަސްތުވާތަކެތި ބޭނުންކުރުމަށާއި ގެންގުޅުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ މުޙައްމަދު އިޤްނާދެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާ ހައްޔަރުކުރި ވަގުތު އަތުން މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އަތުގައި ހުރި މަސްތުވާތަކެއްޗަކީ އަމިއްލަ ބޭނުމަށް ހޯދި ތަކެތި ކަމަށް ބުނެ، އޭނާއަށް އެތަކެތި ވިއްކި މީހާ ފުލުހުންނަށް ދައްކާފައިވަނީވެސް އޭނާ އަމިއްލައަށެވެ. ފުލުހުންގެ ފަރާތުން އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އޭނާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހަށް ހަމަވާނެއެވެ.
މާލެ ސަރަހައްދުގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާއިރު، މިއީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން، ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ މާރިޗު މަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ.
ދިވެހި މުޖުތަމަޢުން މަސްތުވާތަކެތީގެ ވަބާ މުޅިން ފޮހެލައި، އަންނަން އޮތް ޒުވާން ޖީލުތައް މި ނުރައްކަލުން ސަލާމަތްކުރުމަށް މިހާރުގެ ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި، މި ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމަށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތައް ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން، މި ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރިހެބިލިޓޭޝަންގެ އައު މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު