ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ބާރުތައް ހަނިކޮށް، ގާނޫނުތަކުގެ ތެރެއިން ރައްޔިތުން އަޅުވެތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ދިފާއުކުރަންވީ ވަގުތު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ، ރައްޔިތުން ބާރުވެރިކުރުވަން ފަރުމާކޮށްފައި އޮތް ގާނޫނުއަސާސީއެއް ލިބިދީފައި އޮއްވައި، ރައްޔިތުންގެ ހައްގުތަކާއި އަސާސީ ބާރުތައް ހަނިކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަން މިއަދު ރައްޔިތުންނަށް އިހުސާސް ކުރެވެމުންދާ ކަމީ ނުހަނު ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނަން ޖެހޭނީ ވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށް ގާނޫނުއަސާސީގައި ސާފު އިބާރާތުން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމުގެ ފިޔަކޮށައިލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދީފައިވާ ގާނޫނުތައް ބަދަލުކުރުމަށްފަހު، ރައްޔިތުން ގާނޫނާ ހިލާފުނުވުމަށް އެންގުމަކީ ހައްގުތަކަށް ކުރިމަތިކުރާ ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ވެރިކަމުގެ ބާރުތަކާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ޝަރުއީ ނިޒާމާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ވެރިކަން ހިންގުމުގެ ބާރަކީ ވެސް ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ޒާތީ މިލްކެއް ނޫން ކަމަށެވެ. އެއީ އެ ބާރުތައް ނަގަހައްޓައި ދަމަހައްޓަން އެ ފަރާތްތަކާ ހަވާލުކުރެވިފައިވާ މަތިވެރި އަމާނާތެއް ކަމަށް ފައިސަލް ހަނދާންކޮށްދެއްވިއެވެ.
އެހެންކަމުން، ގާނޫނުއަސާސީގެ އިމުން ބޭރުނުވެ، ގައުމުގައި ގާނޫނީ ހުކޫމާތު ދެމެހެއްޓުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.
ފައިސަލްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން، ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު