ރަސްމާލެ މަޝްރޫޢަށް ޤާނޫނީ ސައްޙަކަން ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ގެނެސްފައިވާ ބިލެއް ކަމަށް ވިދާޅުވެ، އެ ބިލު ފާސްނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ޤައުމީ މަޞްލަޙަތަށްޓަކައި މި ބިލު ބޭރުކޮށްލުމަށް އެދި ފައިސަލް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވާފައެވެ.
"ފައިސަލްއާޒިމް" ޓީމުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވުމަށްފަހު މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލަކީ ވަކި ބަޔަކާއެކު މުޢާމަލާތްތައް ހިންގައި، އެއްބަސްވުންތަކާއި ނިންމުންތައް ނިންމުމަށްފަހު، އެކަމަށް ޤާނޫނީ ސައްޙަކަން ދެއްކުމަށްޓަކައި "މަތި އޮމާންކޮށްލުމުގެ" ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
އަދި ރަސްމާލެ މަޝްރޫޢަކީ މުޅި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، މި ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަންވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ބިލާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ މަދުވެގެން އެ ބިލު ޑްރާފްޓްކުރި ބަޔަކީ ކޮބައިކަން ވެސް ސާފު ނުވާ ކަމަށެވެ.
އަދި މިފަދަ ކަންކަމަކީ ފެށުމުގައިވެސް ބާޠިލު ކަންކަން ކަމަށް ސިފަކުރައްވައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ އިތުރުން ހުރިހާ މެންބަރުންގެ ކިބައިން ވެސް ފައިސަލް އެދިވަޑައިގަތީ ޤައުމީ މަޞްލަޙަތަށްޓަކައި މި ބިލު ފާސްނުކޮށް ބޭރުކޮށްލުމަށެވެ.
މީގެ އިތުރުން، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ފައިސަލްއާޒިމް ޓީމުން އަޑުއުފުލާނެ ކަމަށާއި، ކުރިއަށްގެންދާ ހުރިހާ އިޙުތިޖާޖުތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވާނެ ކަމުގެ ޔަޤީންކަން ވެސް ފައިސަލް ދެއްވިއެވެ.
ހަމައެހެންމެ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ، ވޯޓެއް ނަގައިފިނަމަ ރައްޔިތުން ބޮޑުތަނުން އެ މަޝްރޫޢަށް "ނޫނެކޭ" ބުނާނެކަން ސަރުކާރަށް އެނގޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަ ސިޔާސީ ކަންބޮޑުވުންތަކެއް ފާޅުކުރަމުން ދިޔަނަމަވެސް، ސަރުކާރުން ބަޔާންކުރާ ގޮތުގައި ރިއަލް އެސްޓޭޓް ބިލަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ޙައްލެއް ހޯދައިދިނުމަށްޓަކައި ކޮންމެހެން ފާސްކުރަންޖެހޭ މުހިންމު ޤާނޫނެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ މިހާތަނަށް އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ނެތި އޮތް ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރެގިއުލޭޓްކޮށް، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ ޙައްޤުތައް ޤާނޫނީ ގޮތުން ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ.
ސަރުކާރުގެ ތަސައްވުރަކީ މި ޤާނޫނާއެކު ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ އިތުބާރު އިތުރުވެ، ދައުލަތުގެ އިޤްތިޞާދީ ދުވެލި އެތައް ގުނައަކަށް ފުޅާވެގެން ދިއުމެވެ.
މީގެ އިތުރުން، ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތަކަކީ މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ދާއިމީ ނިމުމެއް ގެނެސްދީ، ޒަމާނީ ފެންވަރުގެ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރެވޭ މަޝްރޫޢުތަކަކަށް ވާތީ، އެކަންކަން ދެފުށް ފެންނަ، ހަރުދަނާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތް ކަމަށް ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު