އިހުމާލުވާ ފަރާތްތަކާ މެދު 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާގެ އަދަބު ކަނޑައެޅޭ ގޮތަށް، ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައި، އެ ބިލުގެ ބަހުސް ފަށައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިންއެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފޯރުކޮށްދޭ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތަކާއި ފަރުވާއަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، މުޖުތަމައުގެ ބައިވެރިވުމާއެކު، ނަފްސާނީ ބަލިތަކާއެކު ދިރިއުޅޭ މީހުންގެ ޙައްޤުތައް ރައްކާތެރިކުރެވޭ ގޮތަށް ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުމެވެ.
މީގެ އިތުރުން، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ނަފްސާނީ ފަރުވާ ދިނުމުގެ ނިޒާމެއް ޤާއިމުކުރުމަކީވެސް ބިލުގެ މުހިންމު އަމާޒެކެވެ.
މި ބިލުގެ މަޤުސަދުތަކުގެ ތެރޭގައި، ނަފްސާނީ ބަލިތަކާއެކު ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، މެޑިކަލް އަދި ސައިކޮލޮޖިކަލް ފަރުވާގެ އިތުރުން ކޮމިއުނިޓީ ބޭސްޑް އަދި ސައިކޯސޯޝަލް ސަޕޯޓް ފަދަ ޚިދުމަތްތައް ޤާއިމުކުރުން ހިމެނެއެވެ.
އަދި އެ މީހުން ދިރިއުޅޭ މުޖުތަމައުން ފަސޭހައިން ރަނގަޅު ފެންވަރުގެ ފަރުވާ ލިބޭނެ މަގުފަހިކުރުމާއި، އަމިއްލަ އިޚުތިޔާރުގައި ފަރުވާއަށް އެދުމުގެ ޤާބިލުކަން ނެތް މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ އިތުރުން، ފަރުވާއަށް ރުހުން ދިނުމާއި ދުރާލާ އިރުޝާދު ކަނޑައެޅުމުގެ އުސޫލުތައްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން، ނަފްސާނީ ބައްޔެއް ހުންނަ މީހަކަށް ދިމާވާ ކްރައިސިސް ނުވަތަ ޑިސްޓްރެސްގެ ހާލަތްތަކުގައި މުޖުތަމައުގެ ތެރެއިން އަވަސް އެހީ ފޯރުކޮށްދިނުމަށް ފަސްޓް ރެސްޕޮންޑަރުން ހަރަކާތްތެރިވާނެ ނިޒާމެއް ޤާއިމުކުރުމާއި، ފަރުވާދޭ މަރުކަޒުތަކުގެ މިންގަނޑުތަކާއި ޖަވާބުދާރީކުރުވަނިވި ނިޒާމެއް ކަނޑައެޅުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަކީވެސް ބިލުން ހާސިލުކުރަން ބޭނުންވާ ކަންކަމެވެ.
ބިލުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، ޤާނޫނުން ހުއްދަކުރާ ޚާއްޞަ ހާލަތްތަކުގައި މެނުވީ، ނަފްސާނީ ބައްޔަކާއެކު ދިރިއުޅޭ މީހެއްގެ ޒާތީ ނުވަތަ ޞިއްޙީ މަޢުލޫމާތު އެ މީހެއްގެ ހުއްދަ ނެތި ތިންވަނަ ފަރާތަކަށް ހާމަކުރުމަކީ މަނާ ކަމެކެވެ.
ހަމައެހެންމެ، ރިވިއު ބޯޑުގެ ހުއްދަ ހޯދަންޖެހޭ ހާލަތްތަކުގައި އެ ހުއްދަ ނެތި ފަރުވާ ދިނުމާއި، މަސްލް ރިލެކްސަންޓް އަދި އެނެސްތީޝިއާ ނުދީ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ ދިނުމާއި، ކުޑަކުދިންނަށް އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ ނުވަތަ ނިއުރޯ ސާޖަރީ ހެދުމުގެ އިތުރުން، ނަފްސާނީ ފަރުވާއެއްގެ ގޮތުގައި ދަރިމައިނުވާގޮތް ހެދުމަކީވެސް ބިލުން މަނާކޮށްފައިވާ ކަންކަމެވެ.
މި ބިލާ ޚިލާފުވާ އަދި ޤަވާއިދުތަކުގައި ކަނޑައަޅާ ޙައްޤުތަކަށް އުނިކަން އަންނަ ފަދަ ޢަމަލުތައް ހިންގާ ފަރާތްތައް 50،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށާއި، ދެ އަހަރާ ހަމައަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވާއިރު، އެ މުއްދަތަށް ލައިސަންސް ހިފެހެއްޓުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު