ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޤާއިމުކޮށްފައިވާ އީ-ގޭޓްތަކުގެ ޚިދުމަތް ފަތުރުވެރިންނަށް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މި ބަދަލާއެކު، ރާއްޖެއަށް އަންނަ އަދި ފުރާ ފަތުރުވެރިންނަށް ވެސް އީ-ގޭޓްތައް މެދުވެރިކޮށް އިމިގްރޭޝަންގެ ކަންކަން ފަސޭހަކަމާއެކު ނިންމާލެވޭނެއެވެ. މީގެ ކުރިން، 2026 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އެއާޕޯޓުގެ ޓާމިނަލް 1 ގެ އީ-ގޭޓްތަކުން ދިވެހި ރައްޔިތުންނަށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ ވީއައިއޭގެ އެރައިވަލް ސަރަޙައްދުގައި 20 އީ-ގޭޓް އަދި ޑިޕާޗަރ ސަރަޙައްދުގައި 15 އީ-ގޭޓް ވަނީ ބަހައްޓާފައެވެ.
އެމްއޭސީއެލްއިން ފާހަގަކުރާ ގޮތުގައި، މި ޚިދުމަތް ތަޢާރަފުކުރުމަކީ ރާއްޖެ ޑިޖިޓަލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެށްޓެވި "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ލިބުނު މުހިންމު ކުރިއެރުމެކެވެ.
އެކި ޤައުމުތަކުގެ ބޯޑަރ ކޮންޓްރޯލް ނިޒާމުތަކާ ގުޅާލަންޖެހޭތީ، މި ފަށާ މަރުޙަލާގައި ފަތުރުވެރިންނަށް މި ޚިދުމަތް ލިބޭނީ ވަކި އެއާލައިންތަކަކުން ދަތުރުކުރާ ވަކި ޤައުމުތަކެއްގެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ ޕެސިފިކް، މެދުއިރުމަތި އަދި އުތުރު އެމެރިކާގެ ބައެއް ޤައުމުތައް ހިމެނެއެވެ.
އެމްއޭސީއެލްއިން ބުނީ ރާއްޖެއަށް ދަތުރުކުރާ މައިގަނޑު ހުރިހާ އެއާލައިނަކަށް މި ޚިދުމަތް ލިބޭނެ ކަމަށާއި، ޚިދުމަތް ފަށާއިރު 31 އެއާލައިނަކަށް މި ފުރުޞަތު ހަމަޖެހިފައިވާ ކަމަށެވެ.
ވީއައިއޭގެ އައު ޓާމިނަލްގައި ޒަމާނީ އީ-ގޭޓްތައް ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ 19 ނޮވެންބަރު 2024 ގައެވެ. މި ޚިދުމަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިމިގްރޭޝަން ކައުންޓަރުތަކުގައި ދިގު ކިއުތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުކޮށް، ފަސިންޖަރުންނަށް އަވަސް އަދި ލުއި ޚިދުމަތެއް ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު