ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭ.ސީ.އައި) އިން ބާއްވާ އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީގެ އޭވިއޭޝަން ތަޖުރިބާކާރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ، ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައި ނޮވެންބަރު 23 އިން 25 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރަށްވާ 23 މެންބަރުންގެ އިތުރުން 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް، މުޙައްމަދު މަންޞޫރެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާތައް ޙިއްޞާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި، ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭނެ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތަޢާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.
މި ޕްރޮގްރާމުގައި، ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ބަލާލުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖޭގައި ހިންގަމުން އަންނަ ބޮޑު ސީޕްލޭން އޮޕަރޭޝަންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ ރަށްތައް އެއްގަމާއި ކަނޑު ހުރަސްކޮށް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް ޢަމަލީ ގޮތުން ފެނިގެންދާނެއެވެ.
އެމް.އޭ.ސީ.އެލް އިން ބުނީ، ސަރަޙައްދީ ފެންވަރުގެ މިފަދަ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ އެމް.އޭ.ސީ.އެލްގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މައިދާނުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވަމުން އަންނަ މިންވަރު ކަމަށާއި، މިއީ ސަރަޙައްދީ އެއްބާރުލުން ވަރުގަދަކޮށް، އައު ވިސްނުންތައް ކުރިއަރުވައި، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއޭސީއެލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު