ސަރުކާރުން ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓުގެ ސަބަބުން ޤައުމީ ދަރަންޏާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އިޞްލާޙެއް ނެތި ބަޖެޓު ފާސްކޮށްފިނަމަ އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. އެގޮތުން ޤައުމީ ދަރަންޏާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މަޝްރޫޢުތައް ހުއްޓިފައިވަނީ ލޯނު ދައްކަންޖެހުމުން ކަމަށް ސަރުކާރުން ބުނާ ބުނުން ދޮގުކުރައްވަމުން ޤައުމީ ދަރަނި 123 ބިލިއަން ރުފިޔާއިން 168 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު، ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ. މިއީ އެއްވެސް ސަރުކާރަކުން ނުނަގާ މިންވަރަށް، 38 ބިލިއަން ރުފިޔާގެ އައު ދަރަނި އިތުރުކުރުން ކަމަށާއި، ލޯނު ދެއްކުމަށް ކަނޑައަޅާފައިވަނީ އެންމެ 10 ބިލިއަން ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަނީ މުސްތަޤިއްލު މުއައްސަސާތަކުން ދިން ގިނަ ލަފާތަކަށް ބެލުމެއްނެތި ބަޖެޓު އަނބުރާ މަޖިލީހުގެ ތަޅުމަށް ގެނައީ އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ މި ބަޖެޓު މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ ފިޔާ، ކެރެޓް އަދި އަލުވި ފަދަ ޢާންމު ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށް އިންޒާރު ދެއްވަމުން، މި ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ވަނީ ވިދާޅުވެފައެވެ.
ފުށިދިއްގަރުފަޅު ތަރައްޤީ ކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް އެދި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހުށައެޅި މައްސަލައާ މެދުވެސް އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން މެންބަރު ނާޒިލް ވަނީ، މި ނޫސްވެރިންގެ ބައްދަލުވުން ފުރަތަމަ ބާއްވަން ނިންމީ މަޖިލީހުގެ ރިޔާސަތުން ރަސްމާލޭ މައްސަލަ އެޖެންޑާ ނުކޮށް ހިފެހެއްޓުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށް، މާލިއްޔަތު ކޮމިޓީއަށް ފޮނުވާލުމަކީ ސިޔާސީ ޒާތީ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވީ މަޖިލީހުގެ އަމިއްލަ ޤަވާއިދުތަކަށް ބެލުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. ޤަވާއިދުގައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓެއްގެ ޤަރާރު 14 ދުވަހުގެ ތެރޭގައި އެޖެންޑާކުރަން ލާޒިމުކުރާ ކަމަށާއި، އެއީ މަޖިލީހުގެ ރައީސަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުން މިހާރު ޢަމަލުކުރަމުން ދަނީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުން ރަސްމާލެ އެއްބަސްވުމާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ނުލިބޭ ކަމަށެވެ. ޒިޔާދު ފާހަގަކުރެއްވި ގޮތުގައި 99 އަހަރަށް ބިން ދިނުމަކީ ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ޚިލާފު ކަމެކެވެ. އަދި ޝަމްހީދު ވިދާޅުވީ ގޮތެއް ނިންމުމުގެ ކުރިން ދެފަރާތުގެ ވާހަކަތައް ހާމަކޮށް، ޤައުމީ ފެންވަރުގެ ބަހުސެއް ކުރެވެން އޮތް ހަމައެކަނި މަގަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ.
ހަމައެއާއެކު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދިވެހިން ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔަސް، ބޭރު މީހުން މި ޤައުމުގައި ދާއިމީކޮށް ވަޒަންވެރިވާން ބޭނުންނުވާ ކަމަށެވެ. 400،000 ރައްޔިތުންނާ ގުޅޭ މިފަދަ ބޮޑު ނިންމުމެއް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެންމެ ވެރިއަކު ނިންމުމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ. މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހައުސިންގ މިނިސްޓަރުގެ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރައްވައި، ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް އަލިއަޅުވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު