މިއަދު މެންދުރު ދޭއް ޖަހާކަންހާއިރު ހުޅުމާލެ ފޭސް ތިނަކުން ފަރުކޮޅުފުއްޓާ ދިމާލު ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަދިވެސް ދުން އަރަމުންދާތީ ސަމާލުވާން އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ބުނީ އެ ސަރަަހައްދު އާންމު ހާލަތަށް ގެނައުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ދުންތައް ފޭސް ދޭކަށްވެސް ފެތުރިފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދުމުގެ އަސަރު ކުޑަކުރުމަށް ކުޑަދޮރުތައް ލައްޕައި، ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެމްއެންޑީއެފްއިން މިއަދު ހަވީރު ބުނެފައިވާ ގޮތުން އެ ސަރަހައްދުގައި މިހާރު ދަނީ އެކްސްކަވޭޓަރު ބޭނުންކޮށްގެން ކުނިތައް ހާވައި، އަލިފާނުގެ އަސަރު ހުރި ތަންތަނަށް ފެން ޖަހަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު