"ނަޞްރުގެ ދުވަހުގެ ސިފައިންގެ މަޢުރަޒު" ހއ. ބާރަށުގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި މަތިވެރި ޝަހީދު، އަލްމަރުޙޫމް އިބްރާހީމް ޙުސައިންގެ އުފަން ރަށް ކަމަށްވާ ހއ. ބާރަށު ސްކޫލުގައި ބޭއްވި މި މަޢުރަޒު ހުޅުއްވައިދެއްވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އިސްމާޢީލް ނަޞީރެވެ.
ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މަޢުރަޒު ޚާއްޞަކޮށްފައިވަނީ ނޮވެންބަރު 3 ގެ ޢުދުވާނުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމަށާއި، ދިވެހި އުންމަތަށް ޙައްޤުވި ފަޚުރުވެރި ނަޞްރާއި ކާމިޔާބީ ފާހަގަކުރުމަށެވެ. އެގޮތުން، އެ ދުވަހު ޢުދުވާނީ ޙަމަލާތައް ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ މުހިންމު ހާދިސާތައް ވަގުތުފީތާއެއްގެ ސިފައިގައި ދައްކުވައިދޭ ތާރީޚީ ފޮޓޯތަކާއި، ކުރެހުންތަކުގެ އިތުރުން އަޑާއި މަންޒަރު އަދި ލިޔުންތައް މި މަޢުރަޒުގައި ވަނީ ހިމަނާފައެވެ. އަދި ހަމައެއާއެކު، ޤައުމުގެ ދިފާޢުގައި ދިވެހި ޢަސްކަރިއްޔާއިންނާއި ރައްޔިތުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި ދެއްކެވި ސާބިތުކަން މި މަޢުރަޒުން ވަރަށް ފުރިހަމައަށް ސިފަވެގެންދެއެވެ.
ނޮވެންބަރު 20 އިން 21 އަށް ކުރިއަށްދާ މި މަޢުރަޒު ބައްލަވާލެއްވުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ވަނީ ހުޅުވާލެވިފައެވެ.
މި މަޢުރަޒު ބާރަށުގައި އިންތިޒާމުކުރުމުގައި އެ ރަށު ކައުންސިލުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެމްއެންޑީއެފްގެ ފަރާތުން ވަނީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ބާރަށު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޝަމީމާ މި ފިލާ ޙަވާލުކޮށްދެއްވީ، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.

ކިޔުންތެރިންގެ ހިޔާލު