މޫސުން ގޯސްވެފައިވާއިރު ނިމިގެން ދިޔަ ހަފްތާގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިންކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ނިމިގެން ދިޔަ ހަފްތާގައި އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދިނީ މޫސުން ގޯސްވެގެން ދިމާވި ކާރިސާތަކާ ގުޅޭ މައްސަލަތަކުގައެވެ. އެއީ އޭގެ ފަސް މައްސަލައެވެ.
ދެން އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދިނީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކާއި އަލިފާނުގެ ހާދިސާތަކުގައެވެ.
އޭގެ އިތުރުން ނުރައްކާތެރި ކެމިކަލް ލީކުވުންފަދަ އެއް ހާދިސާއަކާ ގުޅިގެން ވެސް އެމްއެންޑީއެފްއިން އެހީތެރިވެފައިވެއެވެ.
އެމްއެންޑީއެފްއިން ނިމިގެން ދިޔަ ހަފްތާގައި އެހީތެރިކަން ފޯރުކޮށްދިން މުހިންމު ކަންކަމުގެ ތެރޭގައި ވ.ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިން ސަލާމަތްކުރުމަށް ވެދިން އެހީތެރިކަން ހިމެނެއެވެ.
އޭގެ އިތުރުން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށާއި ވެލި ބަސްތާޖެހުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އަދި މާލޭ އޭރިއާ ކޮމާންޑުން އެހީތެރިވެދިނެވެ.

ކިޔުންތެރިންގެ ހިޔާލު