ހުޅުމާލޭގައި އަޅާ ''ނޭޝަނަލް ފުޓްސަލް އެރީނާ''ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ހުޅުމާލޭގައި އަޅާ ''ނޭޝަނަލް ފުޓްސަލް އެރީނާ''ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް މުޅިން ނިންމާލުމަށް ލިއޯ ޓްރޭޑާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައެވެ.

އެކާވީސް މީޓަރުގެ އުސްމިނަށް ބިނާކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާއަކީ ބައިނަލްއަގުވާމީ ފީފާ ގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މި ތަނުގައި ހިމެނޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި

ބައިނަލްއަގުވާމީ ފެންވަރުގެ 5 ކޯޓު ހިމެނެއެވެ. އެއީ ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި މެޗު ކޯޓު އެއް ކޯޓާއި އަދި ހަތަރު ޕްރެކްޓިސް ކޯޓެވެ.

މި ތަނުގެ ހުރިހާ ކޯޓެއްގައިވެސް އަޅަން ނިންމާފައިވަނީ ފީފާގެ މިންގަނޑަށް ފެތޭގޮތަށް 35 ޕަސެންޓްއާ ހަމައަށް ޝޮކް އެބްޒޯބްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިން އެވެ. މިއީ އަލި ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިންގެކެވެ.

އޭގެ އިތުރުން މައި މެޗު ކޯޓުގައި 900 މީހުންނަށް ބެލޭނެ ސްޕެކްޓޭޓާ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކޮންސެޝަން ސްޓޭންޑްތައް ހިމެނެއެވެ. އަދި ދެވަނަ ފަންގިފިލާގައި ޚާއްޞަ ވީ.އައި.ޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސް ހުންނާނެއެވެ.

އޭގެ އިތުުރުން ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ހާއްސަ ދޮރުތަކާއެކު، ޓީމު ލޮކާ ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔާސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ޓްރެއިނިންގ ހޯލަކާއި އިދާރީ އޮފީސްތައްވެސް މި އެރީނާގައި ގާއިމުކުރާނެކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24ގައެވެ.



ކިޔުންތެރިންގެ ހިޔާލު