ގއ. މާމެންދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީކޯޓުގައި ޓާފް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، މާމެންދޫ ވޮލީކޯޓުގެ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ކޯޓުގެ ވަށައިގެން އިންފާރު ރޭނުމާއި، ޓާފް އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި މަޝްރޫޢު ނިމުމުން އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ރަނގަޅު ވަސީލަތެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކުޅުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ 10 ރަށެއްގައި ވޮލީކޯޓު ހެދުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ދަނީ ހަލުވިކަމާއެކު ހިންގަމުންނެވެ.
މީގެއިތުރުން، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރަށްރަށުގައި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމާއި، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަގުނަ މަޝްރޫޢުތަކެއް ރާވައި، ޢަމަލީ ގޮތުން ތަންފީޒުކުރަމުންނެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން ރަށްރަށުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަނެ، ޒުވާނުންނަށް ހުސްވަގުތުތަކުގައި ފައިދާހުރި ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު