ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސައިޓުގައި އަލަށް ތަރައްޤީކުރި ކީވޯލާ އިންވެގެންވާ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމައި، މުޅި މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
ތިލަފުށީގެ ޕޯޓް ސައިޓް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ކާގޯ އޮޕަރޭޝަންތައް އިތުރަށް ހަލުވިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ، 100 މީޓަރުގެ ކީވޯލެއް ޑިޒައިންކޮށް ޤާއިމުކުރުމާއި، 6،775 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ އެޅުމުގެ މަސައްކަތް ހިމެނޭހެން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޕީއެލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކްލިއަރަންސް ސަރަޙައްދުގައި އަޅާ ކީވޯލްގެ މަސައްކަތަށް އެކަނިވެސް 18.8 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އަދި ކީވޯލާއި ޕޭވިންގ މަސައްކަތުގެ އިތުރުން، އެ ސަރަޙައްދު ތަރައްޤީކުރުމާ ގުޅުންހުރި އެހެނިހެން ހުރިހާ މަސައްކަތްތަކާއެކު، މި މުޅި މަޝްރޫޢަށް ޖުމްލަ 154 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
ތިލަފުށީގައި އެމްޕީއެލްއިން ޤާއިމުކުރަމުންދާ މި ވަސީލަތްތަކުގެ ސަބަބުން، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ބާރުބޮޑުވުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މުދާ އަރުވައި ބޭލުމުގެ ޚިދުމަތްތައް މިހާރަށްވުރެ އެތައް ގުނައެއް އަވަސްވެ، އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މީގެ އިތުރުން، މި މަޝްރޫޢަކީ ވިޔަފާރިވެރިންނަށް މުދާ ކްލިއަރކުރުމުގައްޔާއި ލޮޖިސްޓިކްސްގެ ޚިދުމަތްތައް ހޯދުމުގައި ދިމާވެފައިވާ ޒަމާންވީ ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، މިފަދަ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއް ކަމުގައި ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު