ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅޭ އިމާރާތެއްގެ ކުރިމަތީގައި އޮތް ހުސް ކޮންސްޓްރަކްޝަން ސައިޓެއްގައި ފެންބޮޑުވެ، މަދިރި އާލާވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާންމު ރައްޔިތަކު ގޮވާލައިފިއެވެ.
މީސްމީޑިއާގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވާރޭ ވެހޭ ކޮންމެ ފަހަރަކު އެ ސައިޓުގައި ފެންބޮޑުވެ ގިނަ ދުވަސްވުމުގެ ސަބަބުން ނުބައި ވަސް ދުވުމުގެ އިތުރުން، އެތަން ވެފައިވަނީ މަދިރި އާލާވާ ބޮޑު ހާއްޔަކަށް ކަމަށެވެ.
މި މައްސަލައިގެ ސަބަބުން މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާއިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ދިރިއުޅެމުންދާތީ މިއީ އާންމު ސިއްހަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ބައެއް އާއިލާތަކަށް ބަލިމަޑުކަމުގެ އަސަރު މިހާރުވެސް ކުރަމުންދާއިރު، ޑެންގޫ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މިކަމާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޭނާ ބުނެފައިވެއެވެ.
އެހެންކަމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ހެލްތް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލުން އެ ސައިޓު ބަލައި ފާސްކޮށް، ހެދިފައިވާ ފެންގަނޑު ހިއްކައި މަދިރި ކޮންޓްރޯލްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.
އަދި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންދެން ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެންދެން މަޑުކުރަންވީތޯ ސުވާލު އުފައްދައި، މިއީ މުޅި މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ރައްޔިތުމީހާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު