"ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަންވާނެ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 38 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން، މީސްމީޑިއާ މަންސަ 'އެކްސް' ގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާގެ އިތުރުން ފަލަސްޠީނުގެ އަޚުވަންތަ ރައްޔިތުންނަށް މުބާރަކުބާދީ އަދާކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ އުންމީދު ތަކުރާރުކުރެއްވިއެވެ.
ހަމައެއާއެކު، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ދެމުންގެންދާ ޝަރުޠުތަކެއް ނެތް ސާބިތު ތާއީދު އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން، އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަންވާނެ" ކަމަށް ވިދާޅުވަމުންނެވެ.
ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައި ވަކާލާތުކުރުމާއި، ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާއި ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމިތިބީ ސާބިތުކަމާއެކު އެއްގަލެއްގައެވެ.
ބައިނަލްއަޤްވާމީ އެކި މައިދާންތަކުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގެ އިތުރުން، އެ ޤައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދިވެހި ރައްޔިތުން ދަނީ އެކި ގޮތްގޮތުން ދީލަތި އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.
ޔަހޫދީންގެ އިސްތިޢުމާރީ އަޅުވެތިކަމުން އެ ބިންތައް ފުރިހަމައަށް މިނިވަންވެ، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް އަނބުރާ ލިބެންދެން، ދިވެހި އުންމަތުގެ ހިތްވަރާއި، އެއްބާރުލުމާއި، އަދި ހެޔޮ ދުޢާ އަބަދުވެސް އެ ރައްޔިތުންނާއެކު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު