އިންޑިއާގެ ޖާރްކަންޑްގެ ކޮންގްރެސް އެމްއެލްއޭ ބޫޝަން ބަރާގެ މައްޗަށް 14 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށް، ޖިސްމާނީ އަނިޔާކޮށް އަދި ގަދަކަމުން ދަރިވައްޓާލިކަމުގެ ތުހުމަތުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ބަލާ ގާނޫނު ގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވާކަމަށް ތުހުމަތުކޮށްފައިވަނީ ރާންޗީގައި ހުންނަ އޭނާގެ ރަސްމީ ގޭގައެވެ.
14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޮންގްރެސްގެ އެމްއެލްއޭ ބޫޝަން ބަރާގެ މައްޗަށް މައްސަލަ ހުށަހަޅައިފި
އިންޑިއާގެ ޖާރްކަންޑް ސްޓޭޓްގެ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ އެމްއެލްއޭ ބޫޝަން ބަރާގެ މައްޗަށް، 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ގަދަކަމުން ދަރިވައްޓާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއިން ރައްކާތެރިކޮށްދޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރާންޗީގައި ހުންނަ އޭނާގެ ރަސްމީ ގެކޮޅުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
އަނިޔާ ލިބުނު ކުއްޖާ ބުނެފައިވާ ގޮތުގައި، ކިޔަވައިދޭނެ ކަމަށް ވަޢުދުވެ އޮޅުވާލައިގެން އޭނާ ރާންޗީއަށް ގެނައުމަށްފަހު މަޖުބޫރުކުރީ ގޭތެރޭގެ މަސައްކަތްތައް ކުރުވުމަށެވެ. އަދި އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އޭނާއަށް ޖިންސީ ގޯނާކުރުމަށްފަހު، އެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީފިނަމަ ގެއްލުން ދޭނެކަމުގެ އިންޒާރުދީ، ބިރުދައްކާފައިވާ ކަމަށްވެސް އެ ކުއްޖާ ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރަސްމީކޮށް މައްސަލަ ރަޖިސްޓްރީކޮށް، ތަޙުޤީޤު ފަށާފައެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން އިދިކޮޅު ބީޖޭޕީން ވަނީ، އެމްއެލްއޭ ބަރާ ވަގުތުން ހައްޔަރުކުރުމަށާއި، އަނިޔާ ލިބުނު ކުއްޖާއަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި ޙިމާޔަތް ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.
ނަމަވެސް، މި ތުހުމަތުތައް ދޮގުކުރައްވަމުން އެމްއެލްއޭ ބަރާ ވިދާޅުވީ، މިއީ ސިޔާސީ ގޮތުން އޭނާގެ އަގުވައްޓާލުމުގެ ބޭނުމުގައި ބަޔަކު ރާވައިގެން ހަދައިގެން އުޅޭ ދޮގު އިލްޒާމުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު