ފަތުރުވެރި އާއިލާއެއް ރާއްޖޭގެ ރިޒޯއްގެ ބީޗެއްގައި ވަގުތު ހޭދަކުރަނީ ، ފޮޓޯ: ލިލީބީޗް ރިޒޯޓް އެންޑް ސްޕާ
ފަތުރުވެރި އާއިލާއެއް ރާއްޖޭގެ ރިޒޯއްގެ ބީޗެއްގައި ވަގުތު ހޭދަކުރަނީ ، ފޮޓޯ: ލިލީބީޗް ރިޒޯޓް އެންޑް ސްޕާ
ދުނިޔޭގެ މަޝްހޫރު ޓްރެވަލް ގައިޑް، "ލޯންލީ ޕްލެނެޓް" އިން ހޮވާލި "2027 ވަނަ އަހަރު އޭޝިއާ ސަރަހައްދުގައި ޒިޔާރަތްކުރުމަށް އެންމެ ރަނގަޅު 26 މަންޒިލް" ގެ ލިސްޓުގެ 16 ވަނަ ރާއްޖެއިން ހޯދައިފިއެވެ.

އޭޝިއާ ބައްރުގެ ފާހަގަކޮށްލެވޭ ގިނަ މަންޒިލްތަކެއް ހިމަނައިގެން އެކުލަވާލާފައިވާ މި ރޭންކިންގގެ އެއްވަނަ ޖަޕާނުގެ އޮކިނާވާއަށް ލިބިފައިވާއިރު، ދެވަނަ ހޯދާފައިވަނީ ޗައިނާގެ ޗެންގްޑޫއެވެ. އަދި މި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ އަވަށްޓެރި އިންޑިއާގެ ގުޖުރާތެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ފާހަގަކުރެވޭ ރާއްޖެއަށް މި ޝަރަފުވެރި ލިސްޓުން ޖާގަ ލިބިގެންދިޔުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ އިތުރު ޝަރަފަކާއި ކުރިއެރުމެކެވެ.

މި ލިސްޓުގައި ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ބައެއް މަންޒިލްތައްވެސް ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ނޭޕާލްގެ ޕޮކާރާ، ސްރީލަންކާގެ އެއްލާ އަދި ޕާކިސްތާނުގެ ހުންޒާ ވެލީ ފަދަ ހިތްގައިމު ސަރަހައްދުތައް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މިހާރުގެ ސަރުކާރުންވެސް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މުޅިން އައު މާކެޓްތައް ހޯދުމަށާއި، ރާއްޖެއަށް އަންނަ އެއާލައިންތަކުގެ އަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މީގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދީގެން ރަށްރަށުގެ އިޤްތިޞާދާ މި ސިނާޢަތް ގުޅުވާލުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުން އަންނަނީ އިސްނަގައިގެން ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް