މުޖުތަމަޢުގައި އުފެދިފައިވާ ގިނަ މައްސަލަތަކަކީ، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމުގެ ރިވެތި އާދަ އަށަގަންނުވައިފިނަމަ ޙައްލުކުރެވިދާނެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާ "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ ވަކި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރަކީ 2،000 އަހަރުވީ ދިވެހި ޙަޟާރަތުގައި އަށަގަނެފައިވާ އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ މަތިވެރި ސިފައެވެ.
ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ މި މާނަވީ ތަރިކައިގެ އެންމެ މުހިންމު އެއް އަސާސަކީ އިޙުތިރާމުކުރުންކަން ފާހަގަކުރައްވަމުން، މި އާދަ އަލުން ދިރުވައި އާލާކުރުމަކީ ޤައުމަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް އޮތް ފަރުވާއެއްކަމަށް މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން، މިކަމުގެ މިސާލެއްގެ ގޮތުން ސިޔާސީ މައިދާން ނަންގަވައި މުންދު ވިދާޅުވީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ، ވާދަވެރިންގެ ސިޔާސަތުތަކަށް ފާޑުކިޔުން އޮތްކަމުގައި ވިޔަސް، އެކަކު އަނެކަކަށް ކުރާ އިޙުތިރާމު ކުޑަވެގެން ގޮސްގެން ނުވާނެ ކަމަށެވެ.
އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް މީހުންގެ މެދުގައި އޮންނަންޖެހޭ އިޙުތިރާމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު