ވޯލްޑް ޓްރެވަލް މާކެޓް 2026 ގައި ރާއްޖެއިން ބައިވާ ފަރާތްތައް. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ވޯލްޑް ޓްރެވަލް މާކެޓް 2026 ގައި ރާއްޖެއިން ބައިވާ ފަރާތްތައް. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފަހުކޮޅު ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ "ވޯލްޑް ޓްރެވަލް މާކެޓް" (ޑަބްލިޔުޓީއެމް) 2026 ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. ލަންޑަންގެ އެކްސެލްގައި ތިން ދުވަހުގެ މުއްދަތަށް ފެށި މި ފެއާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ 62 ކުންފުންޏަކުން ޖުމްލަ 161 މަންދޫބުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ.

މި ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރު އަދި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުން ވަނީ ސްޓޭންޑް ބައްލަވާލައްވައި، ދިވެހި ވިޔަފާރިތަކުގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 57 އިންސައްތަ ޔޫރަޕްގެ މާކެޓަށް ބިނާވެފައިވާއިރު، މި ފެއާގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ފަހިވެގެންދާނެއެވެ.

މީގެއިތުރުން، ސަރުކާރުން އިޢުލާނުކޮށްފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕޭނާއި، 2027 ވަނަ އަހަރުގެ "ޑެސްޓިނޭޝަން ގައިޑް" ބައިނަލްއަޤްވާމީ ފަރާތްތަކަށް ރަސްމީކޮށް ތައާރަފްކުރުން މި ފެއާގެ ތެރެއިން ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް