ބަންގްލަދޭޝްގެ ފުލުހުންގެ ކޮމާންޑަރެއް ކަމަށްވާ އަންސާރު ކަމާލް ޗަންދްރާ، އޭނާގެ އަމިއްލަ މުސާރައިން ޚަރަދުކޮށްގެން ސަންތާލް ދަރިކޮޅުގެ 35 ކުއްޖަކަށް ތަޢުލީމު ފޯރުކޮށްދެމުން އަންނަކަން ހާމަވެއްޖެއެވެ.
ބަންގްލަދޭޝްގެ 'ސްޓާރ ނިއުސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިސްނެގުމުގެ ދަށުން ކަމާލް އާއި އޭނާގެ އަނބިމީހާ ގުޅިގެން ވަނީ އެމީހުން ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ކުޑަ ސްކޫލެއް ޤާއިމުކޮށްފައެވެ. "ކަމާލް ދާދޫސް ޕަތްޝާލާ" ގެ ނަން ދީފައިވާ މި ސްކޫލުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދަނީ ސީދާ ކަމާލްގެ ބެލުމުގެ ދަށުންނެވެ.
ވަޒީފާގެ ގޮތުން އަދާކުރަންޖެހޭ ބުރަ މަސްއޫލިއްޔަތުތަކެއް ހުރިނަމަވެސް، ކަމާލް އަންނަނީ އޭނާގެ އަގުހުރި ވަގުތާއި އާމްދަނީ މި ކުދިންގެ ތަޢުލީމަށްޓަކައި ހޭދަކޮށް، އަމިއްލައަށް އެކުދިންނަށް ކިޔަވައިދެމުންކަން އެ ނޫހުން ފާހަގަކޮށްފައިވެއެވެ.
މިއީ ތަޢުލީމުން މަޙްރޫމުވެފައިވާ ނިކަމެތި ކުދިންނަށް އުޖާލާ ރަނގަޅު މުސްތަޤުބަލެއް ބިނާކުރުމަށް ފަހިކޮށްދެވޭ އުންމީދީ ފުރުޞަތެއްގެ ގޮތުގައި އަދި މުޖުތަމަޢަށް ދައްކުވައިދިން ވަރަށް ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި ސްޓާރ ނިއުސްއިން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު