ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އެނބުރި ޤައުމަށް ފޮނުވުމަށް އިންޑިއާއިން ބަންގްލަދޭޝް ސަރުކާރަށް ދެ ޝަރުތެއް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، ހަސީނާ އަނބުރާ ޑާކާއަށް ފޮނުވުމުގެ ކުރިން އިންޑިއާއިން ބޭނުންވަނީ ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން މި ދެ ޝަރުތު ފުރިހަމަ ކުރުމަށެވެ.
މި ރިޕޯޓުތަކުގައިވާ ގޮތުން، އިންޑިއާއިން ހުށަހަޅާފައިވާ މައިގަނޑު އެއް ޝަރުތަކީ ޝައިޚް ހަސީނާގެ ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ. އަދި ދެވަނަ ޝަރުތެއްގެ ގޮތުގައި، ސިޔާސީ ބޭނުމަކަށްޓަކައި ނުވަތަ ބަދަލުހިފުމުގެ ރޫޙެއްގައި އޭނާއަށް ޝަރީޢަތް ނުކުރުމަށް އިންޑިއާއިން ވަނީ އެދިފައެވެ.
އިންޑިއާއިން މިގޮތަށް އެދިފައިވަނީ ބަންގްލަދޭޝްގެ މިހާރުގެ މަސްރަޙު އޮތްގޮތުން ހަސީނާއަށް އިންސާފުވެރި ޝަރީޢަތެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭތީކަމަށް ބެލެވެއެވެ.
ބަންގްލަދޭޝްގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި މުޒާހަރާތަކާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، ހަސީނާ އިންޑިއާއަށް ވަޑައިގެންނެވި ފަހުން އޭނާ އަނބުރާ ޤައުމަށް ގެނައުމަށް ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އިންޑިއާއިން ހުށަހަޅާފައިވާ މި ޝަރުތުތަކާ ގުޅޭގޮތުން ބަންގްލަދޭޝް ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު