މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޕެންޝަން ފަންޑުގެ ޖުމްލަ އަގު 30.3 ބިލިއަން ރުފިޔާއަށް އުފުލި، ފަންޑުގެ ބައިވެރިންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.
މިކަން ހާމަކުރެއްވީ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވި "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދެވެ.
ޔަޒްމީދު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި މިހާތަނަށް 204,549 މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފަންޑުން ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ދައުލަތުން ދޭ އަސާސީ ޕެންޝަނަށް ހަމަ އެ މުއްދަތުގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ފޯރަމްގައި މިއަހަރު މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމެއް ނުވަތަ "ގްރީން ފައިނޭންސް" ކުރިއެރުވުމަށް ހުރި ހުރަސްތަކާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކުގެ އިތުރުން ތަޢާރަފުކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުންނެވެ.
ސީއީއޯ ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހުގެ މައިގަނޑު ސިޔާސަތަކީ އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިންވެސްޓްމަންޓްތައް އެކި ދާއިރާތަކަށް ފުޅާކުރުން ކަމަށެވެ. އަދި ތިމާވެއްޓާއި އިޖުތިމާޢީ ކަންކަމުގެ އިތުރުން ހިންގުމުގެ ހަރުދަނާ އުސޫލުތައް ކަމަށްވާ "އީއެސްޖީ" މިންގަނޑުތަކަށް ފެތޭ، އަދި މޫސުމީ ބަދަލުތަކާ ގުޅޭ "ކްލައިމެޓް ފައިނޭންސިން" އަށް ހުޅުވިފައިވާ އައު ފުރުސަތުތައް ހޯދުމަށް އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއަދު އަޅާ މާލީ ކޮންމެ ފިޔަވަޅަކީ މުސްތަގުބަލުގައި ޕެންޝަން ސްކީމުގެ މެންބަރުންނާއި ޕެންޝަނަރުންގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ކުރިމަތިވެދާނެ ނުރައްކާތައް ވަޒަންކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ ގޮތުން އެންމެ ފައިދާހުރި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދާއިރާތަކަށް އިންވެސްޓްކުރުމަކީ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށާއި، ކުދި ވިޔަފާރިތަކަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް އަސަރުކޮށް، ފަންޑަށް ފައިސާ ޖަމާކުރުމަށް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު ދެއްވަމުން، ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ގައުމުގެ ޖުމްލަ އިގްތިސާދު ވަރުގަދަކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު