ރާއްޖޭގެ ތިމާވެއްޓާއި އިގުތިސޯދު ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ ބަޖެޓަށް އެކަނި ބަރޯސާނުވެ، ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާއި ޕްރައިވެޓް ސެކްޓާގެ ރައުސްމާލު ހޯދުމަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި މި އަހަރުގެ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި މިނިސްޓަރު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނާޒުކު ހާލަތުން އަރައިގަތުމަށް ބޭނުންވާ މާލީ ވަސީލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ރަށްގިރުމުން ސަލާމަތްވުމަށް ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މުހިންމު ދާއިރާތަކަށް ދިގު މުއްދަތުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އިންތިހާއަށް ބޭނުންވެއެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ސަރުކާރުގެ ވަސީލަތްތަކުން އެކަނި މިފަދަ ބިޔަ ބަދަލުތަކެއް ނުގެނެވޭނެކަން ބަޔާންކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ އިތުރުން ބައިނަލްއަގުވާމީ ހިލޭ އެހީއާއި، ޕްރައިވެޓް ސެކްޓާގެ ފަންނީ އަދި މާލީ އެހީތެރިކަން ގައުމަށް ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ.
އިގުތިސޯދީ ފައިދާތަކަށް ފުންކޮށް ވިސްނުމެއް ނެތި، ތަރައްގީގެ މިފަދަ މުހިންމު އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ގެއްލުމެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ވިސްނުމަކީ ދެފުށް ފެންނަ، ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ކުރިއަށްގެންދާ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކަކީ ރާއްޖޭގެ އިގުތިސޯދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ މައި ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ކަނޑުތަކާއި ގުދުރަތީ ވެށި ރައްކާތެރިކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް-31 ސަމިޓުގައި އިސްކަންދެއްވި މައިގަނޑު ކަންކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކްލައިމެޓް ފައިނޭންސް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމާއި، ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިފަދަ ގައުމުތަކުގެ ހާލަތަށް ބަލައި، ލުއި ގޮތްތަކާއި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ ނިޒާމެއް ގާއިމުކުރުމަކީ ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު