މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވި އދ.ގެ މުހިންމު ސަމިޓުގައި ދިވެހިރާއްޖޭގެ އަޑު އިއްވަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ އދ.ގެ މުޢާހަދާގެ ބައިވެރިންގެ 31ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. "ޓްވާރޑްސް އަ ސަސްޓެއިނެބަލް ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން މި މަހުގެ 10 ވަނަ ދުވަހު ފެށި މި ސަމިޓަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ ޤައުމުތަކުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ބާރުއަޅުއްވާފައެވެ. ވަކިން ޚާއްޞަކޮށް، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އަވަސް އިޞްލާޙީ ބަދަލުތަކެއް ގެންނަންޖެހިފައިވާކަން ފާހަގަކުރައްވައި، ސިޔާސީ ވާހަކަތަކުން އެއްކިބާވެ، ޢަމަލީ ގޮތުން ނަތީޖާ ނެރެދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެއިތުރުން، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމީ ކާރިސާތަކުގެ ނާޒުކު ހާލަތުގައިވާ ޤައުމުތަކެއްކަން ބަލައިގަނެ، އެފަދަ ޤައުމުތަކަށް ލިބެންޖެހޭ މާލީ އަދި ފަންނީ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ވެސް ރައީސް ވަކާލާތު ކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ މުހިންމު އެތައް ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އަޑު ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިއްވަވައިދެއްވައި، އެހީތެރިކަން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްޕުޅު ކުރެއްވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ސަމިޓުގެ ތެރެއިން ކުރިއަށްދިޔަ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް"ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޚާއްޞަ ތަޤުރީރެއް ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކަނޑުތަކަށް އުކާލެވޭ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި، ފަރުތަކުގެ އިތުރުން އިންސާނުންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާނެ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވައި، ކުނި މެނޭޖްކުރުމުގައި ހަރުދަނާ އުސޫލުތަކަކަށް ޢަމަލުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ތިމާވެށީގެ ދާއިރާގެ އިސް ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ރާއްޖެއަށް މަންފާވާނެ މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު