ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މައިކްރޯސޮފްޓްގެ މައިގަނޑު ޚިދުމަތްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސަރުކާރުތަކާއި، ސްކޫލްތަކާއި، ސިއްޙީ އިދާރާތަކާއި، ކޯޓުތަކުގެ އިތުރުން ވިޔަފާރިތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލައިގެ ސަބަބުން މައިކްރޯސޮފްޓް ޓީމްސް އަދި އައުޓްލުކްގެ އިތުރުން އޭއައި ސޮފްޓްވެއާ ކޯޕައިލެޓް ފަދަ މުހިންމު ޚިދުމަތްތައް މެދުކެނޑުނު ނަމަވެސް، މައްސަލަ ފެންމަތިވިތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން މިހާރު ދަނީ އަލުން އިއާދަވަމުންނެވެ. މައިކްރޯސޮފްޓުން ވަނީ މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.
މައިކްރޯސޮފްޓް 365 ގެ ޚިދުމަތްތަކަށް ގުޅުމުގެ މައްސަލަތައް ދިމާވެ، މަދުވެގެން ދުނިޔޭގެ 74 ގައުމަކުން މިކަން ވަނީ ރިޕޯޓްކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑުން ފެށިގެން ގިނަ ކަސްޓަމަރުންނަށް އައުޓްލުކް މެދުވެރިކޮށް އީމެއިލް ފޮނުވުމާއި ލިބުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް، ބައެއް ޔޫޒަރުންނަށް އޮންލައިން މީޓިންތައް އާދައިގެ މަތިން ބޭނުންކުރެވުނެވެ.
މި މައްސަލައިގެ ސަބަބުން އެމެރިކާގެ ސިޓީ ކައުންސިލްތަކުން ފެށިގެން އޮސްޓްރޭލިއާގެ ޖާސޫސީ އިދާރާތަކާ ހަމައަށް ބުރޫއެޅިއިރު، އެމެރިކާގެ ކޯޓުތަކުން މުއާމަލާތްތައް ލަސްވެދާނެ ކަމުގެ އިންޒާރު ދިނެވެ. އަދި ޖަޕާނުގެ ސަރުކާރުގެ އައިޓީ ޕްލެޓްފޯމަށާއި، ކެނެޑާގެ ހޮސްޕިޓަލްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ކްލިނިކްތަކާއި ފުލުހުންގެ މަސައްކަތަށް ވެސް ހުރަސްއެޅުނެވެ. މީގެ އިތުރުން ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އަދި އެންތްރޮޕިކް ކުންފުންޏަށް ވެސް މިކަމުގެ އަސަރު ކުރިއެވެ.
މި މައްސަލަ ހައްލުކުރުމަށް 20 ގަޑިއިރަށް ވުރެ ގިނަ ވަގުތު ނެގި ސަބަބާ ގުޅޭގޮތުން ކޮމްޕިއުޓަރ ސައިންސް މާހިރުން ބުނެފައިވަނީ، ރައްކާތެރި ކަނެކްޝަންތައް ހަދައިދޭ ސާވަރުތަކަށް ކުއްލިއަކަށް ބާރުބޮޑުވެ، ސާވަރުތަކުން ޖަވާބުދިނުން ހުއްޓުނީ ކަމަށެވެ. އަދި އެއް ސާވަރު ވެއްޓުމުން އެ މަސައްކަތް ދެން ހުރި ސާވަރަށް ބަދަލުވެގެން ދިޔައިރު، އެތައް މިލިއަން ޑިވައިސްތަކަކުން އަލުން ގުޅެން މަސައްކަތް ކުރަމުން ދިޔުމަކީ މައްސަލަ އިތުރަށް ބޮޑުވެ، އަލުން ޚިދުމަތް ދިނުން ލަސްވި ސަބަބެކެވެ.
މިއީ ތާރީޚުގައި ވެސް ވިޔަފާރި އީމެއިލްތަކަށް ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ދިގުލައިގެން ދިޔަ ލޮޅުން ކަމަށް ސައިބާ މާހިރުން ފާހަގަކުރެއެވެ.
ޚިދުމަތްތައް އަލުން ފަށަމުން އައި ނަމަވެސް، މައިކްރޯސޮފްޓުން ވަނީ އަދިވެސް އީމެއިލްތައް ފޮނުވުމާއި ލިބުމުގައި ލަސްތަކެއް އުޅެދާނެ ކަމަށް ބުނެފައެވެ. އެހެންކަމުން ފޮނުވާ ކޮންމެ އީމެއިލެއް ވަގުތުން ރައްދުވާނެ ކަމަށް ނުބެލުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަދި އީމެއިލްތައް ގެއްލުނަ ނުދީ ރައްކާތެރިކުރުމަށްޓަކައި އައުޓްލުކްގެ "ޓައިމްއައުޓް ވިންޑޯ" މިހާރު ވަނީ 48 ގަޑިއިރަށް އިތުރުކޮށްފައެވެ. މެއިލްތައް ލަސްވެގެން ލިބޭއިރު އޭގައި އިންނާނީ މެއިލް ފޮނުވި ވަގުތުގެ ބަދަލުގައި، އެ މެއިލް ރައްދުވި ވަގުތެވެ.
މައިކްރޯސޮފްޓުން ބުނެފައިވަނީ ޔޫރަޕާއި އުތުރު އެމެރިކާގައި މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ހުރިހާ ޚިދުމަތެއް ފުރިހަމައަށް އިއާދަކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު