ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ޤައުމީ ހަރަކާތެއްގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމަކީ 2028 ގެ ކެމްޕެއިން ލޯންޗުކުރުން ކަމަށް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޤައުމީ ކަމެއްގައި އެންމެ ކުރީގައި ހުންނާނެ ކަމަށާއި، ނަމަވެސް ރޭ ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ކެމްޕެއިން ފެށި މަންޒަރު ކަމަށެވެ. މިއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާޒާތުގެ ކަންކަމެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ، އަދި ދީނީ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި އެންމެ ބާރަށް ވަކާލާތުކުރައްވަމުން ގެންދަވަނީ ރައީސް މުޢިއްޒު ކަމަށެވެ.
މީގެއިތުރުން، ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ 1.9 ބިލިޔަން ޑޮލަރުގެ ސިޔާދަތީ ދަރަނި މި ސަރުކާރުން ދައްކައި، ޤައުމާއި ރައްޔިތުން ދަރަނީގެ ދަންތުރައިން ސަލާމަތްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފައިވާއިރު، ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދުވެސް ނާށިގަނޑު ހިފައިގެން އަވަށްޓެރިންނާއި ދުނިޔޭގެ ކުރިމަތީގައި ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން ކަމަށްވެސް ޝިޔާމް ތުހުމަތުކުރެއްވިއެވެ.
"ރައީސް ޑރ. މުޢިއްޒު އަމާޒުހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ޢަބުރުވެރި، ތަހުޒީބު ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވައި، 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެއްދެވުމަށް،" ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އީގަލް ހީލްސްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށްލާނެ އެންމެ ބިޔަ އަދި އުއްމީދީ މަޝްރޫޢު ކަމަށްވެސް ޝިޔާމް ވަނީ ފާހަަގަކުރައްވާފައެވެ.
ދިވެހިންގެ ބިން ދިވެހިންނަށް ހޯދުމަށް ކަމަށް ބުނެ ރޭ "ގައުމީ ހަރަކާތް" ގެ ނަމުގައި ބޭއްވި މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިސް ބޭފުޅުން ވަނީ މި މަޝްރޫއާ ގުޅޭގޮތުން ހުރި ގިނަ ކަންބޮޑުވުތަކެއް ފާޅުކުރައްވައި، މަޝްރޫއު ހިންގުމުގެ ކުރިން ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށާއި އެމަޝްރޫޢު ކުރިއަށް ނުގެންދިޔުމަށް ސަރުކާރަށް ގޮވާލާފައެވެ. މިއެއްވުމުގައި ކުރީގެ ރައީސް ޔާމީންގެ އިތުރުން ޝައިހް އިމްރާން އާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު