ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން މިރޭ އެއްވުމެއް އާޓިފިޝަލް ބީޗުގައި ބާއްވައިފިއެވެ.
"ގައުމީ ހަރަކާތް" ގެ ނަމުގައި ބޭއްވި މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިސް ބޭފުޅުން ވަނީ މި މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، މަޝްރޫއު ހިންގުމުގެ ކުރިން ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށް ގޮވާލާފައެވެ.
މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ރަސްމާލެ ޑީލާ ގުޅިގެން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް ނުޖެހޭ ކަމަށާއި، އެއީ ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ނޫން ކަމަށެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން ބައެއް ދޫކޮށްލައިފިނަމަ، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް، އެއްވެސް ބަދަލެއް ވެސް ނުދޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އިންޒާރުދެއްވާފައެވެ.
ގައުމީ ހަރަކާތުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން އެހަރަކާތުގައި އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް ބިދޭސީން ގެނެސް ވަޒަންވެރިކުރުވުމަށް ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނި ކަމެއް ނޫން އެފަދަ ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން ކަމަށެވެ. ގައުމީ ބޮޑެތި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ހިޔާލު ނުހޯދައި ކަންކަން ނުކުރެވޭނެ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އިހްތިޔާރެއްވެސް ނޫން ކަމަށް ޢަލީ ވިދާޅުވިއެވެެ.
މި އެއްވުމުގައި ރައީސް ޔާމީންގެ އިތުރުން ޝައިހް އިމްރާން އަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު