ބޯކޮށްވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި--
ބޯކޮށްވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި--
ބޯކޮށް ވާރޭވެހި ކ.ގުރައިދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ބުނީ ގުރައިދޫގެ ރަށުތެރޭގައި ފެންބޮޑުވާން ދިމާވީ މިއަދު ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ބައެއް ފިހާރަތަކަށް ފެންވަން ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައި ނުވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

"ނަމަވެސް، ގެތަކަށް ފެންވަންނަ ހިސާބަށް ވަނީ ފެންގަނޑު އުފުލިފަ. މިހާރު ވާރޭ ތުނިކޮށްފައިވާއިރު ކާނުތައް ސާފުކޮށް ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން"އެންޑީއެމްއޭއިން ބުންޏެވެ.

ގުރައިދޫގައި ފެންބޮޑުވިއިރު ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު މެންދުރު ތިނަކުން ރޭގަނޑު އަށަކަށް އޮތީ ހއ. އިން ބ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެ ވައިޓް އެލާޓްގައި ބުނެފައިވާ ގޮތުން ބޯކޮށް ވާރޭވެހި ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް