ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ--
ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ--
މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަކާ ގުޅިގެން، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިނުވާނެހެން، ގާނޫނީ އިމުގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ، އެއްވުންތަކަކީ އާންމު ރައްޔިތުންނަށް ތަފާތު ދަތިތަކާ ކުރިމަތިލާންޖެހޭ ކަންކަމަށް ވާތީ، އެކަންކަން އިންތިޒާމުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ.

އޭގެ އިތުރުން، އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި އެއްވުމުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ، އެކަން ވަގުތުން ހުއްޓުވައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު