ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ)
ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ)
މާލެއިން ގެއްލިގެން ހޯދަމުންދިޔަ އާދަމް އިކްރާމް މިއަދު ހުޅުމާލޭން ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ، ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ.

"އޭނާގެ ހާލު ރަނގަޅެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މުއައްސަސާއިން އިކްރާމް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެހެންކަމުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި އޭނާގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެ މުއައްސަސާއިން އެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު