މާޒީގައި ރާއްޖޭގެ މަގު ކަނޑައެޅި ފިކުރުތަކާއި އުސޫލުތަކަށް އަލުން ބަރޯސާވެގެން މާޒީއަށްވުރެ ތަފާތު އައު މުސްތަޤްބަލެއް ބިނާކުރެވިދާނެތޯ އައްސަވައި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާގު ސުވާލުތަކެއް އުފައްދަވައިފިއެވެ.
ފިރާގު މިފަދައިން ސުވާލު އުފައްދަވާފައިވަނީ ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އޭނާ މި ސުވާލު އަމާޒުކުރައްވާފައި މިވަނީ، ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގައި، ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު މިސްރާބަކަށް ގެންދިއުމަށާއި، ޤައުމަށް ދިމާވާ އެކިއެކި ކަންކަމުގައި މަޝްވަރާ ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" އެކުލަވާލެއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ފިރާގު ވިދާޅުވީ، މަތީ ފެންވަރުގެ މަޝްވަރާދޭ ކޮމިޓީއަކުން ޤައުމުގެ މުސްތަޤްބަލު ރަނގަޅު ގޮތުގައި ބިނާކުރުމަށް އެހީތެރިވެދާނެ ކަމަށާއި، މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ މާޒީގައި ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ނަމަވެސް، މިއާއެކު އުފެދޭ ވަރަށް މުހިންމު ސުވާލުތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ބޭފުޅުން ކުރީގެ ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިވެފައިވާނަމަ، ޤައުމީ މަޤްޞަދުތަކުގެ ގިނަ ބައެއް ޙާޞިލުކުރެވިފައި ނުވަނީ ކީއްވެގެންތޯ؟ ކޮން ކަމެއް ގޯސްވީތޯ؟ މާޒީގެ ތަޖުރިބާތަކުން ކޮން އިބުރަތެއްތޯ ލިބުނީ؟" ފިރާގު ސުވާލު އުފެއްދެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަދުގެ ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި، ކުރިމަތިވަމުންދާ އައު އިޤްތިޞާދީ ގޮންޖެހުންތަކާއި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ އިތުރުން، މާޒީން ވާރުތަވެފައިވާ އިންތިހާ ބޮޑެތި ވައްކަމާއި ކޮރަޕްޝަން އަދި އިދާރީ މައްސަލަތަކަށް ހައްލު ހޯދުމަށް މި ބޭފުޅުންގެ ފަންނީ ޤާބިލުކަން މިއަދުގެ ޒަމާނަށް ފެތޭނެތޯ ސުވާލުކުރަންޖެހޭ ކަމަށެވެ.
ތަޖުރިބާއަކީ މުހިންމު އެއްޗެއް ނަމަވެސް، ހަމައެކަނި ތަޖުރިބާއިން ފުދެން ނެތްކަން ފާހަގަކުރައްވަމުން ފިރާގު ވިދާޅުވީ، މިއަދު ޤައުމަށް ބޭނުންވަނީ އައު ފިކުރާއި، ޒަމާނާ ގުޅޭ މިނިވަން ފަންނީ ޢަމަލީ ތަޖުރިބާ އަދި އިޞްލާޙީ މަސައްކަތްތަކުގައި އިޚްލާޞްތެރިކަމާއެކު މަސްއޫލުވުން ކަމަށެވެ.
ފިރާގުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ހަމައެކަނި ޅެމަކުން ނުވަތަ އަތުރާލެވޭ ރިވެތި ބަސްތަކަކުން މިއަދުގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މާޒީގައި އަޅުގަނޑުމެންގެ މަގު ކަނޑައެޅި އެ ފިކުރުތަކާއި އެ އުސޫލުތަކަށް އަލުން ބަރޯސާވެގެން، މާޒީއަށްވުރެ ތަފާތު މުސްތަޤްބަލެއް ބިނާކުރެވިދާނެތޯ އޭނާ ވަނީ ތަކުރާރުކޮށް ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު