ރަސްމާލެ މަޝްރޫޢާ ދެކޮޅަށް މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ ޤައުމީ ޙަރަކާތުގެ ތެރެއިން ބާއްވާ މި އެއްވުމުގެ މައިގަނޑު ބޭނުމަކީ، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ޢާންމު ވޯޓަކަށް ދިޔުމަށް ބާރުއެޅުމެވެ.
މާދަމާރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުމުގައި، ޕާޓީގެ ޢާންމު މެންބަރުންގެ އިތުރުން ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެދި އެމްޑީޕީން ވަނީ މެންބަރުންނަށް މެސެޖު ފޮނުވާފައެވެ.
ރަސްމާލެއިން ބިން ވިއްކުމާ ގުޅޭ އެއްވެސް ޢަމަލީ މަސައްކަތެއް ކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނުނަގައިފިނަމަ ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ މީގެކުރިން ޤަރާރެއް ފާސްކޮށް އިޤްރާރުވެފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ބާއްވާ މި އެއްވުމުގައި، އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
މި އެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެކަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވެސް މިހާރު ވަނީ ރަސްމީކޮށް އިޢުލާނުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު