މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އަޙްމަދު ޝިޔާމް
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އަޙްމަދު ޝިޔާމް
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގި 4 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ.

ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި އަހަރުގެ އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 9 އަތޮޅަކުން 11 ބައިވެރިއަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއެކު މިނިސްޓްރީން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން (އެމް.އެމް.އާރް.އައި) އިންތިޒާމުކުރި މި ކޯހުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ބިނާކޮށް އެ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ފަންނީ އަދި ޤާބިލު ދިވެހިން އުފެއްދުމެވެ.

މި ތަމްރީނު ކޯހުގައި މެރިކަލްޗަރގެ ދާއިރާއިން ޢަމަލީ އަދި ނަޒަރީ މުހިންމު މަޢުލޫމާތުތަކާއި ހުނަރުތައް ބައިވެރިންނަށް އުނގަންނައިދީފައިވެއެވެ. އަދި މަނިޔަފުށީގައި ކުރިއަށްދިޔަ މި ޢަމަލީ ތަމްރީނުތަކުގެ ސަބަބުން، މި ދާއިރާއިން ބައިވެރިންގެ ހުނަރާއި ޤާބިލުކަން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު