ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް)، ޤައުމީ ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ އެކަތި އަނެކައްޗާ ވަކިނުކުރެވޭނެ ދެ އަސާސް ކަމަށާއި، މިފަދަ ޤައުމުތަކުގެ ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި ލުއިފަސޭހަކަމާއެކު އަތްފޯރާ އަގުތަކެއްގައި މޫސުމީ މާލީ އެހީތެރިކަން ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޕް31 ގެ ހަވާސާގައި ބޭއްވުނު "ހައި-ލެވެލް ރައުންޑްޓޭބަލް އޮން ދަ ސެކަންޑް ޑެކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" ގެ މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ ދުނިޔެ ޤަބޫލުކުރަންޖެހޭ ސާފު ހަޤީޤަތެއް ކަމަށެވެ. އެގޮތުން، ބޭރުގެ މާލީ އެހީތެރިކަން ހޯދޭނެ ފަދަ ހަރުދަނާ މަޝްރޫޢުތައް އެކުލަވައިލުމަށާއި، ޤައުމީ ތަރައްޤީގެ ސިޔާސަތުތަކުގައި މޫސުމީ ވިލުންތެރިކަން ހިމެނުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އެތައް އަހަރެއް ވޭތުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމުގައި ހުރި ބޮޑެތި އުނިކަންކަމުގެ ސަބަބުން، އަމިއްލަ ރައްޔިތުންނާއި ފަސްގަނޑުގެ ސަލާމަތަށްޓަކައި ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ބޮޑެތި ދަރަނިތައް ބޯމަތިކުރަން މަޖުބޫރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ނުރައްކާތަކަކީ ނާޒުކު ހާލަތުގައިވާ ޤައުމުތަކަށް އެކަނި ތަޙައްމަލުކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި، މުޅި ދުނިޔެ ގުޅިގެން ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި މޫސުމީ ފައިނޭންސް ވާންޖެހޭނީ ހާލަތާ ގުޅޭ، ފަސޭހައިން އަތުޖެހޭ އަދި ބުރައަކަށް ނުވާނެ ފަދަ ލުއި އެހީތަކަކަށް ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، ކުދި ޤައުމުތަކުގެ ތަފާތު ހާލަތްތައް ދެނެގަތުމަށާއި، ޤައުމެއްގެ ނާޒުކުކަން ހަމައެކަނި އެ ޤައުމެއްގެ ޢާމްދަނީއަށް ބަލައިގެން ވަޒަންނުކުރެވޭނެ ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މޫސުމީ ނާޒުކުކަމަށް ރިޢާޔަތްކުރާ އުސޫލުތަކަކާއި، ފަސޭހައިން ފައިސާ ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ބާރުއަޅާ "އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޮރ ސިޑްސް" ގެ މުހިންމުކަން ފާހަގަކުރައްވަމުން، ވެވިފައިވާ ވަޢުދުތައް އަމަލީ ހައްލުތަކަކަށް ބަދަލުކުރުމަށް އެކުލަވައިލި "ބްރިޖް" އިސްނެގުމަށްވެސް ރައީސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ޕެރިސް އެއްބަސްވުމުގެ ދެވަނަ ދަހަރު ގުނަން ފަށާފައިވާއިރު، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމުގައި ދުނިޔޭގެ ޤައުމުތައް ސާބިތުކަމާއެކު ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި ދުނިޔޭގެ ލީޑަރުން ހަމައެކަނި ބަސްތަކަކުން ފުއްދައިނުލައްވައި އަމަލީ ގޮތުން ނަތީޖާ ނެރެދެއްވަންޖެހޭ ކަމަށާއި، މާދަމާ ތާރީޚުގެ ތެރެއިން އެ ބޭފުޅުން ވަޒަންކުރެވޭނީ، އެހީއަށް އެންމެ ބޮޑަށް އެދިއެދި ތިބި ޤައުމުތަކަށް ހޯއްދަވައިދެއްވި ހަޤީޤީ ނަތީޖާއިން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު