މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މާލީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، ޚާއްޞަކޮށް މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ ގޮތް އަލުން މުރާޖާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާ 31 ވަނަ ކޮޕް ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ފަދަ ނާޒުކު ޤައުމުތައް ކާރިސާތަކުން ސަލާމަތްވުމަށް އިތުރަށް ދަރަނިވެރިވުމަށް މަޖުބޫރުކުރަމުންދާ ދިއުން ބަދަލުކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ މޫސުމީ މާލީ އެހީތެރިކަމަކީ އިތުބާރު ހިފޭ، ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ ފައިސާއަކަށް ހެދުމަށާއި، ގްރީން ކްލައިމެޓް ފަންޑާއި ލޮސް އެންޑް ޑެމޭޖް ފަންޑު ފަދަ ވަސީލަތްތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާތައް ފުރިހަމަކޮށް، މާލީ ނިޒާމު ހަރުދަނާކުރުމާއެކު، ވަޢުދުތަކަކީ އަމަލީ، ނަތީޖާ ފެންނަ ކުރިއެރުންތަކަކަށް ހެދުމަށް ރައީސް ގޮވާލެއްވިއެވެ. މިމޭރުމުން، އެންމެން ގުޅިގެން މަސައްކަތްކުރުމަށް މައިގަނޑު ތިން ކަމެއް ރައީސް ވަނީ ފާހަގަކުރައްވާފައެެވެ. އެއީ މާލީ އެހީތެރިކަން، އިސްލާޙީ ބަދަލު އަދި ތަންފީޒުކުރުމެވެ.
މޫސުމީ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ގޮވާލެއްވީ، އެ ފައިސާއަކީ އިތުރު، ޔަޤީންކަން އޮތް އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ މާލީ އެހީތެރިކަމަކަށް ހެދުމަށެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ފައިސާ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑަށް އެކަށީގެންވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ރައީސް ވިދާޅުވީ ނާޒުކު ޤައުމުތަކުން، އެ ޤައުމުތަކުގެ ހިއްސާ ކުޑަ، ކާރިސާއަކުން ސަލާމަތްވުމަށް ދަރަނިވެރިވުމަށް މަޖުބޫރުކުރުވައިގެން ނުވާނެކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ނާޒުކުކަން ރަނގަޅަށް ދެނެގަތުމަށްޓަކައި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށްވެސް ރައީސް ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ވިލުންތެރިކަމަށް ކުރާ ހޭދައަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ މުސްތަޤުބަލަށް ކުރެވޭ ވުނަކުރުމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށެވެ.
މޫސުމީ ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ގޮތުން ލިބެންހުރި މަދު ވަސީލަތްތައް ޙިކުމަތްތެރިކަމާއެކު ބޭނުންކޮށްގެން ކާބޯތަކެއްޗާއި، ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މޫސުމީ މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ގްރީން ކްލައިމެޓް ފަންޑުން ދާދި ފަހުން އެކްރެޑިޓްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އޭޝިއާގެ ކުދި ޖަޒީރާ ޤައުމަކަށް މިފަދަ އެކްރެޑިޓޭޝަނެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީން ދައްކުވައިދެނީ މޫސުމީ މާލީ އެހީތެރިކަން ހޯދައި، އޭގެ ފައިދާ ފޯރުކޮށްދިނުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވަމުން، މޫސުމީ އަމާޒުތައް ނަތީޖާ ފެންނަނިވި ކުރިއެރުންތަކަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ސިޔާސީ ސާބިތުކަމަށް ރައީސް ގޮވާލެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް އެ ޤައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުދޭ ބައިނަލްއަޤުވާމީ ނިޒާމަކަށްވެސް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން ރައީސް ވަނީ އިންސާފާއި، ޒިންމާދާރުކަމާއި އަމަލީ މަސައްކަތްތަކަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ޒިންމާތަކާއި ވަޢުދުތައް ފުއްދުމުގެ ތެރެއިން، މަލްޓިލެޓަރަލިޒަމްގެ ސަބަބުން މާނަހުރި ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކޮޕް-31 ގެ ބައިވެރިންނަށް ރައީސް ވަނީ ގޮވާލައްވާފައެވެެ.

ކިޔުންތެރިންގެ ހިޔާލު