ސައުދުﷲ އަޙްމަދު
ސައުދުﷲ އަޙްމަދު
މި ނޮވެމްބަރު މަހުގެ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި، ގދ. އަތޮޅު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ސައުދުﷲ އަޙްމަދު، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ޕާޓީގެ މެންބަރުންނަށް މުހިންމު މެސެޖެއް ދެއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ޕާޓީގެ ހުރިހާ މެންބަރުންވެސް އެއްބައިވަންތަކަމާއެކު ސާބިތުވެ ތިއްބެވުމަށާއި، އެއްވެސް ޙާލަތެއްގައި މާޔޫސްކަމަށް ފުރުޞަތު ނުދެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި، މި އިންތިޚާބަކީ އެމް.ޑީ.ޕީގެ އަސާސްތަކާއި އުންމީދުތައް އާލާކޮށް ކުރިއެރުވުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. އަދި މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގދ. އަތޮޅުގެ ރަށްތަކާއި ރައްޔިތުންގެ އަޑު މުޅި ޕާޓީގެ ތެރޭގައި ގުގުމާލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޕާޓީގެ ލޮބުވެތި މެންބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދާއެކު، މި ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން، ވޯޓުލުމުގައި ވިސްނުންތެރިކަން އިސްކުރެއްވުމަށް ސައުދުﷲ ގޮވާލެއްވިއެވެ. އެގޮތުން، ގދ. ދާއިރާގެ ވޯޓު ކަރުދާހުގައިވާ އެމަނިކުފާނުގެ ކެންޑިޑޭޓް ނަންބަރު 6 އަށް ވޯޓު ދެއްވައި، ފުރިހަމަ އެއްބާރުލުން ދެއްވުމަށް ހުރިހާ މެންބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް