ސިފައިންތަކެއް--
ސިފައިންތަކެއް--
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ އެ ރަށު ވާދޫ، މުހައްމަދު ރަޒާން އަލީ ޒާހިރުއެވެ. މި މައްސަލައާ ގުޅިގެން 19 އަހަރުގެ ރަޒާން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ ފަސް ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަޒާންއަކީ އެމްއެންޑީއެފްގެ ޕްރައިވެޓެކެވެ.

މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް ވެސް ރަޒާން ބުނެފައިވެެއެވެ.



ކިޔުންތެރިންގެ ހިޔާލު