ސައުދުﷲ އަހުމަދު
ސައުދުﷲ އަހުމަދު
ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ރާއްޖޭގެ ވިޔަފާރިވެރިން ބަންގްރޫޓްވެ ނިމިފައިވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ގެ ޗެއާޕާސަން ސައުދުﷲ އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސައުދުﷲ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންގެ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ގިނަ ވިޔަފާރިތަކެއް އިނދަޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އާންމު ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި، މިހާރު އޮތް ވެރިކަން ނިންމުމަށްޓަކައި ރައްޔިތުން ނުކުންނަން ޖެހޭ ވަގުތު މިވަނީ ޖެހިފައެވެ. "މިފަދަ ރައްޔިތުންނަށް އަނިޔާވެރި ވެރިއަކު މި ގައުމުގެ ހުަންގާނުގައި ހުރުމަކީ މިއަދު ދިވެހިންނަށް ދިމާވެފައިވާ ނިކަމެތިކަމުގެ އަސްލު،" އޭނާ ވިދާޅުވިއެވެ.



ސައުދުﷲގެ މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތުތަކާ މެދު ވިޔަފާރިވެރިންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާ އިތުރަށް ސިފަކުރެއްވި ގޮތުގައި މިހާރުގެ ހާލަތަކީ ދިވެހި ގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު